އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
ޔާ ﷲ! ކިތަންމެ ކުޑަނަމަވެސް އެއްވެސް ބައްޔަކަށް ޝިފާ ދެއްވެވޭނީ ހަމައެކަނި އިނބަ ﷲ އަށެވެ. އިނބަ ﷲ އީ ހުރިހާ ބަލިތަކެއްގެ މައްޗަށް އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ބަލި ޖެއްސެވުމާ ނުޖެއްސެވުމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ވެސް ހަމައެކަނި އިނބަ ﷲ އަށެވެ. މިއަޅާއަށް ލިބިގެންވަނީ ހަމައެކަނި އިނބަ ﷲ ދެއްވެވި ބާރެކެވެ! ދެއްވެވި މިންވަރަކަށެވެ.
މިކަންކަން ހިތުގެ އެންމެ އަޑިން ޤަބޫލުކުރާހާލު އިނބަ ﷲ ގެ މަތިވެރި ހަޟްރަތުގައި ރޮއި އާދޭސްދަންނަވަމެވެ! ޔާ ﷲ! މިއަޅާ އަށާއި މިއަޅާގެ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ އެންމެން އަދި އެންމެހައި މީސްތަކުންނަށް އެންމެހައި ބަލިތަކުން ރައްކައުތެރިކަން ދެއްވަވާނދޭވެ! އަދި ބަލިޙާލުގައި މިއަޅާގެ ޢާއިލާއިންނާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް ދެއްވަވާނދޭވެ!
ޔާ ﷲ! ފުރިހަމަ ތައުބާއަކުން މިއަޅާ މިހުރީ ތައުބާވެގެންނެވެ. ތައުބާވުން މަތީގައި ސާބިތުވެ ހުރުމުގެ ތައުފީޤް މިއަޅާއަށް މިންވަރުކުރައްވަވާނދޭވެ! އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
2 އޮގަސްޓް 2021