އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަށާ މައިންބަފައިންނަށް އަދި އެންމެހާ މުއްމިނުންގެ ފާފަފުއްސެވުން އެދި ކުރާނެ ދުޢާ- ޤުރްއާނުން

ތިމާއަށާ މައިންބަފައިންނަށް އަދި އެންމެހާ މުއްމިނުންގެ ފާފަފުއްސެވުން އެދި ކުރާނެ ދުޢާ- ޤުރްއާނުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މިދުޢާއަކީ ތިމާ އާއި ތިމާގެ މައިންބަފައިންނާއި އަދި އެންމެހައި މުއުމިނުން ހިމެނޭގޮތަށް ފާފަފުއްސަވައިދެއްވެވުން އެދި ކުރަން ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ދުޢާއެކެވެ. 

رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި، މިއަޅާގެ މައިންބަފައިންނާއި، އީމާންވެގެންހުރެ މިއަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!" (ނޫޙް: 28)

ދުޢާގެ ފުރަތަމަ ބައިގައި އެވަނީ ކުރިން ބުނި ފަދައިން ތިމާ އާއި ތިމާގެ މައިންބަފައިންނާއި އެންމެހައި މުއްމިނުންގެ ފާފަ ފުއްސަވައިދެއްވެވުން އެދިއެވެ. ދެވަނަ ބައިގައި އެވަނީ ޝަރީކުރުކުރުމާއި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ އިސްލާމް ދީނަށް ގެއްލުން ދޭން މަސައްކަތްކުރާ މީހުން ހަލާކުކުރެއްވެވުން އެދިކަމަށްވުމުންނެވެ. މިދުޢާ ގައި ބަޔާންވެގެންވާ ދެވަނަ ބައަކީ ﷲ ތަޢާލާއަށް އުރެދި އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރާ އަނިޔާވެރިންނަށް ގެއްލުމާއި ހަލާކު މިންވަރުކުރެއްވެވުން އެދި ދަންނަވާ ދެންނެވުމެވެ. ވީމާ މިދުޢާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ކޮންމެ މުސްލިމަކުވެސް ގިނަގިނައިން ކުރަން ޖެހިފައިވާ ދުޢާއެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް