އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު އަނގައާ ހަމައަށް ފެންގަނޑު އަރައި އަނގަ ހުޅުވައިފިނަމަ ފެންގަނޑު ވަދެގަންނާތީ ވާހަކަ ނުދެއްކޭ ބައަކު ތިބޭނެ!

ޤިޔާމަތް ދުވަހު އަނގައާ ހަމައަށް ފެންގަނޑު އަރައި އަނގަ ހުޅުވައިފިނަމަ ފެންގަނޑު ވަދެގަންނާތީ ވާހަކަ ނުދެއްކޭ ބައަކު ތިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ޤިތާމަތް ދުވަހު އެދުވަހުގެ ހޫނު ގަދަކަމުން މީހުންގެ ގައިން ފައިބާ ދަލުން މުޅިތަނުގައި ފެންބޮޑުވެގެންދާނެއެވެ. އެމީހަކު ކުރި ފާފައެއްގެ ނިޞްބަތުން އެމީހަކަށް އުޅެން ޖެހޭނީ އެ ފެންގަނޑުގައެވެ. އެފެންގަނޑުގައި އުޅެން ޖެހުމަކީ ފިނިވާނެ ކަމެއް ނޫނެވެ. އެމީހަކަށް މިންވަރުކުރައްވަވާފައިވާ ވަރަކަށް އެމީހަކަށް ދާނީ ހޫނުވަމުންނެވެ. އިރުގެ ހޫނުގަދަކަމުން ފެންގަނޑު ހުންނާނީ ކެކިކެކިއެވެ.

އެހާލުގައިވެސް ފެންގަނޑު ބޮޑުވެ އެމީހެއްގެ އަނގައާއި ހަމައަށް ފެންގަނޑު އަރައި އަނގަ ހުޅުވުމުން އަނގައަށް ފެން ވަންނާތީ ވާހަކަ ނުދެއްކޭނެ ބައަކުވެސް އުޅޭއެވެ.

ކޮންމެއަކަސް މިފަދަ ޙާލުގައި މީސްތަކުންވާއިރު 7 ބާވަތެއްގެ މީހުން އެ ހުރިހާ މުޞީބާތްތަކުން ﷲ ތަޢާލާ ސަލާމަތް ކުރައްވަވައި ޤިޔާމަތުގެ މައިދާނަކީ އެމީހުންނަށް ހިޔާލިބި ފިނިކަން ލިބޭ އަރާމުތަނަކަށް ހައްދަވާނެތެވެ. އެތަނުން އެއް ބައަކީ ރީތި، ބާރާ ނުފޫޒު ހުރި އަންހެނަކު ޒިނޭ ކުރުމަށް ދައުވަތުދިނުމުން ﷲ ތަޢާލާއަށް ބިރުން އެކަން ނުކުރާ މީހާއެވެ. ދެވަނަ މީހާއަކީ ރޭގަނޑު މީހުން ނިދުމުން ނިދިން ހޭލައި ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކޮށް ބިރުވެތިވެ ލޮލުން ކަރުނަ އަޅާ މީހާއެވެ.

ޤިޔާމަތް ދުވަހު ﷲ ތައާލާ ބައަކަށް ހިޔާ ދެއްވަވާނެ ކަމަށް ބުނުމުން އެއީ ކިހިނެއް ހިނގާނެ ކަމެއް ކަމާއިމެދު ސުވާލު އުފައްދައެވެ. އެއީ ޚާއްޞަގަހެއްގެ ދަށުގައި ތިބެން ޖެހުންތޯ؟ ވިލާ ގަނޑަކުން ހިޔާ ލިބެނީތޯ؟ މިފަދަ ސުވާލުތައް ކުރެއެވެ. ޖަވާބުގައި ބުނަން އޮތީ އެދުވަހު އެނިޢްމަތް ދެއްވަވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. ޔަޤީން ކަމަކީ އިރު ދާދިގާތަށް ތިރިވެފައި ހުރުމުން އިންތިހާއަށް ހޫނުގަދަ އެދުވަހު 7 ބާވަތެއްގެ މީހުންނަށް ﷲ ތަޢާލާ ޙިޔާވަހިކަން ދެއްވަވާނެ ކަމެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް