އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން ނަމާދުކުރުމާ ތަސްބީޙް ކިޔުމުގަ ސާބިތުވެއްޖެނަމަ ތަނަވަސްކަން ދެއްވަވާނެކަން ޤުރްއާނުން:

ދެމަފިރިން ނަމާދުކުރުމާ ތަސްބީޙް ކިޔުމުގަ ސާބިތުވެއްޖެނަމަ ތަނަވަސްކަން ދެއްވަވާނެކަން ޤުރްއާނުން:


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ކައިވެންޏަށް އެދިގެން އައީ ފަޤީރަކުނަމަ ކައިވެނިކޮށްދޭން މައިންބަފައިން އެބަ ދެކޮޅުހަދައެވެ. އަނެއްބައި ޙާލަތްތަކުގައި މައިންބަފައިން ރުހުނު ނަމަވެސް ތިމާއަށް ބޭނުންވާހައި އެއްޗެއް ގަނެނުދެވިދާނެކަމުގެ ބިރަށް ކައިވެނިކުރަން ދަރިން އެބަ ދެކޮޅުހަދައެވެ. 

މީސްތަކުންނޭވެ! މިނުބައި އާދަތައް ދޫކޮށްލާށެވެ! ހަމައެކަނި މި 3 އާޔަތުންވެސް އަގުހުރި ފިލާވަޅެއް ލިބިގެންދާނެއެވެ. 

"ފަހެ، އެއުރެން ބުނާބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި އިރުއެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙް ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އަދި ރޭގަނޑުގެ ވަގުތުތަކުން ބައެއްގައްޔާއި، ދުވާލުގެ ދެކޮޅުގައި ކަލޭގެފާނު ތަސްބީޙް ވިދާޅުވާށެވެ! (އެބަހީ: ނަމާދު ކުރައްވާށެވެ!) އެއީ ކަލޭގެފާނު ރުހިވަޑައިގަތުމަށްޓަކައެވެ. (ނޯޓު: މި އާޔަތުގައި ފަރުޟް ފަސްނަމާދުގެ ވަގުތުތައް ބަޔާން ވެގެންވާ ކަމުގައި މުފައްސިރުން ލިޔުއްވާފައިވެއެވެ.)

އަދި އެއުރެންގެ ތެރެއިން ބަޔަކަށް ދުންޔަވީ ޙަޔާތުގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން އިމްތިޙާން ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.

އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމްރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒްޤްދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤް ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރިންނަށެވެ.

(ޠާހާ: 130، 131، 132) 

އަހަރެމެން ކުރަން އޮތްކަމަކީ ފަރުޟު 5 ނަމާދު ބަރާބަރަށްކޮށް ﷲ ތަޢާލާ ހަދުމަކުރުން ގިނަކުރުމެވެ. ޛިކުރުކުރުމާއި ތަސްބީޙްކިޔުން ގިނަކުރުމެވެ. އެއިރުން އަހަރެމެންނަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް