އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަޅުގަނޑު މައިދައިތަގެ ރުހުން ހޯދިގޮތް- އަޅެ ތިއަބޭފުޅުންވެސް ނިކަން ތަޖުރިބާކޮށްލައްވަ ބައްލަވަ!

ޙަޤީޤީ ޙާދިސާ: އަޅުގަނޑު މައިދައިތަގެ ރުހުން ހޯދިގޮތް- އަޅެ ތިއަބޭފުޅުންވެސް ނިކަން ތަޖުރިބާކޮށްލައްވަ ބައްލަވަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

މައިދައިތައިންގެ ވާހަކަތައް ވަރަށް ގިނައިންދެކެވެއެވެ. ނޫސްތަކުގައިވެސް ލިޔެއެވެ. ބޮޑެތި ވާހަކަފޮތްތައްވެސް ލިޔެގެން ނެރެއެވެ. މިއަދުނޫހުގައި ޝާއިޢުކުރަމުންއަންނަ ޙަޤީޤީ ވާހަކައިގެ ސީރީޒްގައިވެސް ދާދިފަހުން ދެ ދުވަހަކު ލިޔެފިއެވެ. 

މައްސަލައަކީ ޙަޤީޤަތުގައި ހަމަ ވަރަށް ބޮޑު މައްސަލައެކެވެ. ގިނަކައިވެނިތައް ރޫޅެން މެދުވެރިވަމުން އަންނަ އެއް މައްސަލައެވެ. އެހެންކަމުން އަޅުގަނޑު މިކިޔައިދެނީ އެކަން އަޅުގަނޑު ޙައްލުކުރި ގޮތެވެ. އިން ޝާ ﷲ

އަޅުގަނޑަށް މައިދައިތަ ބަލަންޖެހުނުއިރު އަޅުގަނޑުމެން ދެމަފިރިންގެ 4 ދަރިން ތިބެއެވެ. އެހެންކަމާއިއެކުވެސް އެކަންކުރަންޖެހުނު ދުވަހު ފުރިހާ ނުވެސް ބުނަނީސް އަމިއްލައަށް އެދިގެން މައިދައިތަ އަހަރެމެން ދިރިއުޅޭ ގެއަށް ބަދަލުކުރުވީމެވެ. 

އެކަންކުރީ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމަށް ވިސްނައިގެން ހުރެއެވެ. ނުބެހޭނެ ކަމެއް ނުއޮންނާނެކަމާއި މީރު ރަހައެއްލާ ގޮތަކަށް ނުވެސް ކެއްކޭނެކަން ވެސް އެނގިހުރެއެވެ. އެއްޗެތި ދޮވުން ލަސްވެއްޖެނަމަ އިންތިހާއަށް ކުނިވަސްދުވާނެ ކަމާއި ގިނަގިނައިން ދޮންނަނަމަ ފެނާ  އޯމޯ އިސްރާފުވުމުގެ މައްސަލަތައްވެސް ކުރިމަތިވާނެކަން އެނގިހުރެއެވެ. 

ގެއަށް ގެނައުމަށްފަހު އަޅުގަނޑު ހަދަންފެށި ގޮތަކީ ކޮންމެ ކަމެއް ކުރަންވުމުން މައިދައިތަ ގާތު އަހަނީއެވެ. މިއަދު ގޭގައި ހުރީ މިވެނި އެވެނި އެއްޗެތިކަމަށްބުނުމަށްފަހު ކައްކަންވީ ކޮން އެއްޗެއް ކަމާއިމެދު ސުވާލުކުރަނީއެވެ. އަދި ކެކިގަތުމުން ރަހަބަލަންވެސް ޖެއްސީއެވެ. ދައު އެއްޗެތި ގިނަވުމުން ދޮންނަންވެއްޖެތޯވެސް އަހަނީއެވެ. 

އެގޮތަށް މަހެއްހައި ދުވަހު ސުވާލުކުރަންވާއިރަށް ޖަވާބުދިނުން ހުއްޓާލަން ފަށައިފިއެވެ. "ދަރިފުޅަށް ފެންނަ އެއްޗެއް ކައްކާ! ދަރިފުޅު ކެއްކީމާ މީރުވާނެ!" ފަދަ ބަސްތައްބުނަން ފަށައިފިއެވެ. މިބަދަލު އެހައި ފަސޭހައިން މައިދައިތައަށް އައި ސަބަބު ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނީ އެކަން އަޅުގަނޑުކުރި ގޮތެވެ. މައިދައާއި ސުވާލުތައް ކުރާއިރު ގެންގުޅެވުނު ރާގެވެ. އެކަމުގެ ސަބަބުން އެއީ އަޅުގަނޑު ހަމަ ހިތުގެ އެންމެ އަޑިން ކުރި ސުވާލުތަކެއްކަން މައިދައިތައަށް ޔަޤީންވާނެއެވެ. 

ޙަޤީޤަތަކީވެސް ހަމަ އެއީއެވެ. އަޅުގަނޑު ބޭނުންވީ އޭނާގެ ދަރިފުޅަކީ އަޅުގަނޑުގެ ފިރިމީހާ ކަމަށްވެފައި އަދި އޭނާގެ ދަރިފުޅުކަމަށްވުމުން އެކަމުން ލިބޭ ފަޚުރު އޭނާއަށް ދިނުމަށެވެ. 

ދެން އަޅުގަނޑު ވިސްނައިލީ އެހެން ކަމަކަށެވެ. އެއީ ފިރިމީހާ ހޯދަން އަޅުގަނޑު ކުރިކަމަކީ އޭނާ އާއި ހިތާވުމެވެ. ލޯބިވެގެން އުޅުމެވެ. ދެން އޮތީ މައިމިހާގެ ބައެވެ. ދުނިޔެއަށް އުފަންވުމުގެ 9 މަސްކުރިންސުރެ މައިމީހާ އަންނަނީ ދަރިފުޅުގެ ބުރަ އުފަލަމުންނެވެ. ފިރިމީހާއަށް ވަޒީފާ ލިބިފައި އެވަނީ މަންމަ ބައިވެރިވެގެންނެވެ. ކިޔަވައިދިނުމުންނެވެ. އަޅުގަނޑާއި ކައިވެނިކުރަންދެން ދަރިފުޅަށް ބޭނުންވާނެ ހުރިހާ ކަންކަން ކޮށްދިނީ މައިމީހާއެވެ. 

ވީމާ މައިންތެރޭގައި މިކަންކަމަށް މެޑެލި ޖަހަން ބޭނުން މައިން ތިބޭނެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ގިނަ މެޑަމުން ވަރަށް ބޮޑަށް މެޑަމްވާން ބޭނުންވާނެއެވެ. ވީމާ އަޅުގަނޑުގެ މެޑަމް ފުފި އަދި ފޫހިވާވަރަށް މަތިކޮށްލުމުން މެޑަމްކަމުގެ ބޮޑުބައިން އަމިއްލައަށް އިސްތިޢްފާދިނީއެވެ. 

ކޮންމެ މައިދައިތައަކީވެސް ބޮޑު މެޑަމެއް ކަމަށްބަލާށެވެ! ވަރަށް މަދު މެޑަމެއް ނޫނީ ރުއްސޭނެ ކޮންމެވެސް މަގެއް އޮންނާނެއެވެ. އެމަގު ހޯދަން މަސައްކަތްކުރާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ

- ޙައްވާ އިދްރީސް / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް