އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާގެ އަމުރުފުޅަށް ދަގަނޑު ދަހަނާތައް ފޫއަޅުވައިލީ ބަލިކަށި މަދިއެއް! ބޭނުންހާ ކަންކަން ކުރާއިރު ތިބާގެ ޙާލަކީ ކޮބާ؟

ﷲ ތަޢާލާގެ އަމުރުފުޅަށް ދަގަނޑު ދަހަނާތައް ފޫއަޅުވައިލީ ބަލިކަށި މަދިއެއް! ބޭނުންހާ ކަންކަން ކުރާއިރު ތިބާގެ ޙާލަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ﷲ ތަޢާލާ އެކަން މިންވަރުކުރައްވަވައިފިނަމަ ކިތަންމެ ކުޑަކުޑަ، ކިތަންމެ ބަލިކަށި އެއްޗަކަށްވެސް ކިތަންމެ ބޮޑޫ ކަމެއްވެސް ކުރެވިދާނެކަން އެނގގެންދާ އެއްކަމަކީ ނަމްރޫދާއި އޭނާގެ ދަގނޑޔ ދަހަނާއެޅި ލަޝްކަރު ބަލިކޮށްލީ ކުޑަކުޑަ މަދިރިއަކަށްވުމެވެ. 

ﷲ ތަޢާލާ ބާރާއި ތަނަވަސްކަމާއި އިޚްތިޔާރު ދެއްވެވުމުން އެ ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާއަށް އުރެދި ކުފުރުގެ ބަސްތައް ބުނާ މީހުން ނަމްރޫދު ނެތި ދިއަ ގޮތާއިމެދު ވިސްނައިލާނެ ނަމައެވެ. އޭނާގެ ނޭފަތުންލާފައި ސިކުނޑިއަށް ވަނީ އެންމެ މަދިރިއެކެވެ. އެމަދިރީގެ ކިބައިން ސަލާމަތް ނުވެވި އޭނާއަށް ލިބެމުން ދިއަ ވޭންތަކަށް ކެތް ނުކުރެވިގެން އޭނާގެ ބޮލުގައި ތެޅުވީ އޭނާގެ ލަޝްކަރުގެ މީހުން ލައްވައެވެ. 

މީސްތަކުންނޭވެ! ނަމްރޫދަށް އޭނާ އުފައްދަވައި ﷲ ތަޢާލާ އޭނާއަށް ނިޢްމަތްތައް ދެއްވެވުމުން އޭނާ އިއުލާނުކުރީ ﷲ ތަޢާލާ އާއި ހަނގުރާމައެވެ. ނަމްރޫދު ﷲ ތަޢާލާއަށް ބުނަމުން ގެންދިއައީ ﷲ ތަޢާލާ ވޮޑިގެންވާނަމަ އޭނާ އާއި ކުރިމަތިލައްވަވައި ހަނގުރާމަ ކުރެއްވެވުމަށެވެ. 

ހަނގުރާމަކޮށް ﷲ ތަޢާލާ ބަލިކުރަން ކުރިމަތިލި ނަމްރޫދަށް ބަލިކަށި، ކުޑަކުޑަ އެންމެ މަދިރިއެއްގެ ކިބައިން ސަލާމަތް ނުވެވި ދުނިޔެ ދޫކުރަން ޖެހުނު ނިކަމެތި ގޮތުގެ ވާހަކަ މި ލިޔުމުގައިވާ ވީޑިއޯ އިން އަޑު އައްސަވައިލައްވާށެވެ! ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

މިފަދަ ކަންކަން މީސްތަކުންނަށް އޮޅުންފިލުވައިދެއްވާށެވެ! ދަރިންނަށާއި ގާތް މީހުންނަށް ކިޔައިދެއްވާށެވެ! 

ގުޅުން ހުރި ވީޑިއޯ:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް