އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ދުޢާ އާ ޛިކުރު!

ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ދުޢާ އާ ޛިކުރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ކިތަންމެ ގިނައިން ޛިކުރުތައްކީ ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ﷲ ތަޢާލާ ހަނދުމަކުރަމުން ޛިކުރުކިޔުމުންނެވެ. މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. 

ބައެއް މީހުންނަކީ ޢާންމުކޮށް ޛިކުރުތައް ކިޔައި އުޅޭ މީހުންނެވެ. ވީމާ ކިޔާލަން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. މިނިޓަކު އެތައް ފަހަރަކުވެސް ސުބްޙާނަﷲ ކިޔައިލެވިދާނެއެވެ. ނަމަވެސް ކިޔަނީ ﷲ ތަޢާލާ ނުވަތަ ޛިކުރުގެ މާނަ ހިތްމައްޗަށް ގެނެސްގެން ނޫންނަމަ އެ ޢަމަލު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. 

ހަމައެއާއިއެކު ކުރާ ދުޢާ ހިތްމައްޗަށް ނުގެނެސް، ﷲ ތަޢާލާ ހިތްމައްޗަށް ނުގެނެސް ކުރާ ދުޢާވެސް ޢިޖާބައެއް ނުކުރައްވަވާނެތެވެ. 

ވީމާ އާޚިރަތަށް ގެންދިއުމުގެ ބޭނުމުގައި ޛިކުރު ކިޔާއިރުގައާއި ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ދުޢާކުރާއިރުގައި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. މިސާލަކަށް ބުނާނަމަ މީހަކުގެ ކިބައިން ކަމަކަށް އެދެން ކުރަންޖެހޭ ކަމެއް އޭނާ ބުނާ ގޮތަށް ނުކޮށް އޭނާގެ ކިބައިން އެބޭނުމެއް ނުފުދޭނެއެވެ. ޛިކުރު ކުރުމުގައާއި ދުޢާކުރުމުގައި ވެސް ފައިދާކުރާނީ ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް ޢަމަލުކުރުމުންނެވެ. 

ޛިކުރުކުރާއިރުވެސް އަދި ދުޢާކުރާއިރުވެސް އަވަސް އަރުވައިނުލާށެވެ! ލަސްލަހުން ކުރާށެވެ! މިކުރަނީ ކޮންކަމެއްކަން ހިތްމައްޗަށް ގެނެސްގެން ކުރާށެވެ. 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް