އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާ ތަފާތު ދާއިރާތަކުގެ ފުންނާބު އުސް ބޭފުޅުން ހިމަނައިގެން އައިއޯސީސީ ހިންގާ ކޮމިޓީ އެކުލަވާލައި، ޕްރޮގްރާމްތައް ކަނޑައަޅައިފި

ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާ ތަފާތު ދާއިރާތަކުގެ ފުންނާބު އުސް ބޭފުޅުން ހިމަނައިގެން އައިއޯސީސީ ހިންގާ ކޮމިޓީ އެކުލަވާލައި، ޕްރޮގްރާމްތައް ކަނޑައަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމަނައިގެން ޤައުމީ ފެންވަރުގައި އިސްލާމީ ޘަޤާފަތާއި ޙަޟާރަތު ކުރިއަރުވަން މަސައްކަތްކުރުމަށްޓަކައި އުފެއްދި،  އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ ހިންގާ ކޮމިޓީ އެކުލަވާލައި، މިއަހަރު ޙާޞިލްކުރުމަށް އިސްކަންދޭނެ ޕްރޮގްރާމްތައް ކަނޑައަޅައިފި އެވެ.  

4 އޮކްޓޫބަރ 2021 ގައި ބޭވި ބައްދަލުވުމުގައި، އައިއޯސީސީގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ، އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ، އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ) ސެކްރެޓަރީ ޖެނެރަލްގެ ކުރީގެ އެޑްވައިޒަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. 

މީގެ އިތުރުން ހަތަރު ނާއިބު ރައީސުން ވެސް ވަނީ އިންތިޚާބު ކުރެވިފައެވެ. މިގޮތުން،  ވައިސް ޕްރެޒިޑެންޓް ޖެންޑަރ އެންޑް ޝޯޝަލް އެފެއާޒްގެ މަޤާމަށް އިންތިޚާބުކުރެވުނީ މަޝްހޫރު އަންހެން ދީނީ ޢިލްމުވެރިޔާ ޑރ. އަނާރާ ނަޢީމެވެ. ވައިސް ޕްރެޒިޑެންޓް ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ މަޤާމަށް އިންތިޚާބު ކުރެވުނީ ޑރ. މޫސާ އަންވަރު ޙަސަނެވެ. ވައިސް ޕްރެޒިޑެންޓް ރިސާރޗް، ސައެންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް އިންތިޚާބު ކުރެވުނީ ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ވައިސް ޕްރެޒިޑެންޓް އިންޓަރނޭޝަނަލް އެފެއާޒްގެ މަޤާމަށް އިންތިޚާބު ކުރެވުނީ އަލީ އަޙުސަނެވެ.  މި ރޭގެ ބައްދަލުވުމުގައި، ހިންގާ ކޮމިޓީގެ ހުރިހާ މަޤާމަކަށާއި، އިސްލާމިކް އެޑްވައިޒަރީ ކައުންސިލުގެ މަޤާމުތަކަތުގެ އިތުރުން އިންޓަރނޭޝަނަލް އެޑްވައިޒަރުންނާއި ޚާއްޞަ ދާއިތާތަކުގެ މުސްތަޝާރުންނާއި އެންވޯއީންވެސް ވަނީ ކަނޑައަޅާފައެވެ. 

ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް ފަހު، އައިއޯސީސީގެ ފަރާތުން މިއަހަރު ކުރުމަށް އިސްކަންދޭނެ ކަންކަން ވެސް ވަނީ ކަނޑައަޅާފައެވެ.

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން ( އައިއޯސީސީ) އިން، މިއަހަރު ކުރުމަށް ޤަސްތުުކުރާ މުހިންކަންކަން

2021- 2022 

1.  އައިއޯސީސީގެ އިސްތިރާތީޖީ ޕްލޭން އެކުލަވާލައި ވެބްސައިޓް ޤާއިމުކުރުން.( 3 މަަސް ތެރޭ).

2.  އިސްލާމްދީނުގެ ޝާމިލު ފިކުރީ ތަޞައްވުރެއް ނެރުން.  (އަލްމީޘާޤުލްއިސްލާމީ (އިސްލާމީ ޗާޓަރ) ( 6 މަސްތެރޭ).

3.   ޤައުމީ ފެންވަރުގައި، އިސްލާމީ އަޚުލާޤު އާލާކޮށް ދިރުވުމަށް (މަކާރިމުލްއަޚުލާޤު) ގެ ނަމުގައި ޚާއްޞަ ސިލްސިލާ ޕްރޮރްގާމެއް ހިންގުމާއި، ދިވެހި އިސްލާމީ ޤައުމިއްޔަތުގެ އަސާސްތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުން. (މިކަން ކުރިއަށް ގެންދާނީ އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލުންނެވެ.

4.  ދިވެހިރާއްޖޭގެ ޚިދުމަތްތެރި ޤައުމީ ލީޑަރުންނާއި ރަސްރަސްކަލުންނާއި އިސްލާމީ ތާރީޚުގެ މުހިންމު ޝަޚުޞިއްޔަތަކާ ބެހޭ ގޮތުން ޕްރޮގްރާމްތައް ތައްޔާރުކުރުން. 

5.  އިސްލާމީ ޙަޟާރަތުގެ އަސާސްތައް ތަޢާރަފްކުރުމާއި އިސްލާމީ ޙަޟާރަތުން ހޯދި ކާމިޔާބާއި ކުރިއެރުންތަކާއި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް ބާރު ދިނުމުގެ ގޮތުން އިސްލާމީ ޙަޟާރަތާ ގުޅޭ ޚާއްޞަ ވީޑިއޯ ލެކްޗަރ ސީރީޒެއް ކުރިއަށް ގެންދިއުން.

6.  އިސްލާމީ ތަރުބިޔަތާއި އަޚުލާޤާއި ޘަޤާފަތާއި ޙަޟާރަތަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ ޓީވީ ޗެނަލްތަކާއި ފަހުމު ނާމާތައް ޤާއިމު ކޮށް، އެމަގުން މަސައްކަތްކުރުން. 

7.  އައިއޯސީސީ ގެ މަލްޓި ޑިސިޕްލިނަރީ ރިސާރޗް ޖާނަލް ( އަލްމަނާރު) ނެރުން.

8.  އައިއޯސީސީ (ތިންކު ޓޭން) ޤާއިމުކޮށް، އިޖްތިމާޢީ، އިޤުތިޞާދީ ތަރުބަވީކަންކަމާމެދު ޢިލްމީ ގޮތުން ދިރާސާކޮށް، ޢިލްމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެގެންވާ ޙައްލުތައް ނެރުން. ތިންކު ޓޭންކުގައި ތިއްބަވާނީ އައިއޯސީސީގައި އަށް ގުޅިވަޑައިގަންވާ ތަފާތު ދާއިރާތަކުގެ ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ބޭފުޅުންނާއި ޕީއެޗްޑީ ކެންޑިޑޭޓުންނާއި، އެ ފެންވަރުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެންވައިވާ ބޭފުޅުނެވެ. ތިންކު ޓޭންކު ހެޑް ކުރައްވާނީ، އައިއޯސީސީގެ ވައިސް ޕްރެޒިޑެންޓް، ރިސާރޗް، ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ.

9.  ހަޔަރ އެޑިއުކޭޝަން އިނިސްޓިޓިއުޓެއް ޑިވެލޮޕް ކުރަން މަސައްކަތްކުރުން.

10.  ޙާފިޒުން އުފެއްދުމަށް މަސައްކަތްކުރުމާއި ޢަރަބި ބަހާއި އިސްލާމީ ތަރުބިޔަތު ދިރުވައި އާލާކުރަން މަސައްކަރްކުރުން

11.  އިންސާނީ ޚިދުމަތްދޭ  މުއައްސަސާއެއް ޑިވެލޮޕްކުރުން.

12.  ބޭރުގެ ބަސްބަހުން ލިޔެވިފައި ހުންނަ ޢިލްމީ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި، އިސްލާމީ ތަފާތު ދާއިރާތަކުން ދިރާސާތައް ފަބްލިޝްކުރުން. (މިހާރު ވެސް 6 ދިރާސާއެއް ވަނީ ތައްޔާރުކުރެވިފައެވެ. މި ދިރާސާތައް ޝާއިޢުކޮށް ވިއްކައިގެން މާލީ ފަންފާއިން. އިސްލާމީ ތަކާފުލް ފަނޑެއް ޤާއިމުކޮށް، އެ ފަންޑު އިސްލާމީ އުޞޫލުތަކުގެ ތެރެއިން ތަރައްޤީކޮށް، އެއިން އިސްލާމީ ތަރުބިޔަތާއި ތަޢުލީމާއި ޘަޤާފަތް ދެމެހެއްޓުމަށް އެހީވުން.

13.  ދުނިޔޭގެ އެކި އެކި ޔުނިވަރސިޓީތަކާ ގުޅުންތައް ޤާއިމުކޮށް ދިވެހި ދަރިވަރުންނަށް ތަޢުލީމީ މަރުޙަލާގެ މަތީ ފުރުޞަތު ތައް ފަހިކޮށް ދިނުމަށް މަސައްކަތްކުރުން.

14.  އިސްލާމީ ޘަޤާފަތާއި ޙަޟާރަތާ ގުޅޭ ބައިނަލްއަޤުވާމީ ކޮންފަރެެންސް ބޭއްވުން. 

މި ނޫންވެސް، އޮގަނައިޒޭޝަންގެ މޭންޑޭޓްގައި ހިމެނޭ ކަންކަން .

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް