އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު
ޙައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ ޢަރަފާތުގައި މަޑުކުރުމަށްފަހު ރޭ މުޛްދަލިފާގައި ރޭކުރުމަށްފަހު ދިވެހި ހުރިހާ ޙައްޖުވެރިން އެނބުރި މިނާ ފޭލިގެތަކަށް މިއަދު ފަތިހުގެ ވަގުތެއްގައި ގޮސްފިއެވެ.
“ރާއްޖޭގެ އެންމެހައި ހައްޖުވެރިންގެ ޙާލު ރަނގަޅު. ހައްޖުވެރިން މިހާރު ތިބީ މިނާގަ. އެއްވެސް ހައްޖުވެރިޔަކު ގެއްލި ނުވަތަ މަގު އޮޅި މި ފަދަ ކަމެއް މެދުވެރި ވެފައި ނުވޭ އަލްޙަމްދު ލި ﷲ.” ދިވެހި ޙައްޖުވެރިންނާއި ގުޅޭ އެންމެ ފަހުގެ އަދާހަމަ މީޑިއާތަކާއި ހިއްސާ ކުރަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ޙައްޖުވެރިން މިއަދު މައްކާ ގަޑިން ހެނދުނު 9:30 ޖަމްރާއަށް ހިލަ އުކަން ދިއުމަށް ހަމަޖެހިފައިވާކަމަށާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި މިނާގައި ރޭކުރާނެކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.
މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.
Advertisement
7 ޖޫން 2025