އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާކުރާ މީހާއަށް ކޮންމެހެން އެނގެންޖެހޭނެ 4 ކަންތައް ‍ 1 ވަނަބައި

ދުޢާކުރާ މީހާއަށް ކޮންމެހެން އެނގެންޖެހޭނެ 4 ކަންތައް ‍ 1 ވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 51 ސިކުންތު

އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންތެރިވެގެންވާ އެއްކަމަކީ އެމީހަކު ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމެވެ. ދުޢާ ކުރަން ވެސް ޝަރުޠުތަކަކާއި ހަމަތަކެއްވެއެވެ. އަދަބުތަކެއްވެސް ވެއެވެ.  ނަމަވެސް އެކަންކަން އެނގެނީ މަދު ބައަކަށްކަމަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް މިފަހަރު މިގެނެސްދެނީ

 އޭގެ މާތްކަމާއި އަދަބުތައް

 އިޖާބަ ކުރެއްވުމުގެ ސަބަބުތައް 

 ދުޢާ އިޖާބަކުރައްވާ ވަގުތުތަކާއި ޙާލަތްތައް 

 ދުޢާކުރުމުގައި ހިނގާ ކުށްތައް

މިކަންކަން ބަޔާން ކުރައްވަވައި ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ފުރަތަމަ ބައެއް. `

الحمد لله والصلاة  والسلام على رسسول الله صلى الله عليه وعلى آله وصحبه وسلّم  وبعدة

ދުޢާގެ މާތްކަން

1- الله تعالى  ވަޙީ ކުރެއްވި އެވެ. (وَقَالَ  رَبُّكُمُ ادْعُونِي  أَسْتَجِبْ  لَكُمْ ۚ إِنَّ الَّذِينَ  يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ) (غافر: 60) މާނައީ :  " އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ދުޢާ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޖާބަ ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އަށް އަޅުކަންކޮށް (ދުޢާކޮށް) އުޅުމަށް ބޮޑާވެގަންނަމީހުން (ދަންނާށެވެ!) އެބައިމީހުން ދެރަވެ ނިކަމެތިވެގެންވާ ޙާލު ނަރަކަޔަށް ވަންނަ ހުއްޓެވެ."

2- އަދިވެސް ވަޙީ ކުރެއްވިއެވެ. ( وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ) (البقرة : 186) މާނައީ: " އަދި ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެ އާއި ބެހޭގޮތުން ކަލޭގެފާނުގެ އަރިހުގައި ސުވާލު ދަންނަވައިފިނަމަ، ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގާތުގައި ވޮޑިގެންވާ ކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ، ދުޢާ ކުރިމީހާގެ ދުޢާ، ތިމަންރަސްކަލާނގެ އިޖާބަކުރައްވާހުށީމެވެ. ފަހެ އެބައިމީހުން ތިމަންރަސްކަލާނގެ ގޮވާލެއްވުމަށް އިޖާބަދޭހުށިކަމެވެ! އަދި ތިމަންރަސްކަލާނގެ ޙަޟްރަތަށް އީމާންވާހުށިކަމެވެ! އެއީ، އެބައިމީހުންނަށް ތެދުމަގު ލިބޭތޯއެވެ."

3- النعمان بن بشير رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. " الدُّعَاءُ هُوَ العِبَادَةُ " ثُمَّ قَرَأَ (sad) وَقَالَ رَبُّكُمُ ادْ عُونِى أَسْتَجِبْ  لَكُمْ ۚإنَّ الَّذِينَ  يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ) (رواه الترمذى  3372، وأبودارد: 1476 ، و ابن مجة:  3828) މާނައީ: " ދުޢާކުރުމަކީ އަޅުކަމެކެވެ. " ދެން ކިޔަވައި ވިދާޅުވިއެވެ. (وَقَالَ  رَبُّكُمُ ادْعُونِي  أَسْتَجِبْ  لَكُمْ ۚ إِنَّ الَّذِينَ  يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ )  " އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން ދުޢާ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވާ ހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އަށް އަޅުކަންކޮށް (ދުޢާކޮށް) އުޅުމަށް ބޮޑާވެގަންނަމީހުން (ދަންނާށެވެ!) އެބައިމީހުން ދެރަވެ ނިކަމެތިވެގެންވާ ޙާލު ނަރަކަޔަށް  ވަންނަހުއްޓެވެ." 

4- أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ رسول الله صلي الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. " لَيْسَ شَيْءُ أكْرَمَ عَلَى اللهِ مِنَ الدُّعَاءِ " (رواه الترمذي: 0337، إبن ماجة: 3829) މާނައީ: الله تعالى  ގެ ޙަޟްރަތަށް ދުޢާ ދެންނެވުމަށްވުރެ މާތްކަން ބޮޑު ކަމެއް ނުވެއެވެ." 

5- سلمان الفارسي ގެ އަރިހުން ރިވާވެގެންވެއެވެ. نبيّ صلي الله عليه وسلّم ޙަދީޘް ކުރެއްވި އެވެ. " إِنَّ رَبَّكُمْ حَيِيٌّ كَرِيمٌ، يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ، أَنْ يَرُدَّهُمَا صِفْرًا " (رواه الترمذي : 3556، وأبو داود : 1485، وابن ماجة : 3875) މާނައީ: " ހަމަކަށަވަރުން ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ކަލާނގެއީ ލަދުވެތިވެ ވޮޑިގެންވާ، ދީލަތިވެ ވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ އަޅަކު ދެއަތް އުފުލައިފިނަމަ، (ނާއުންމީދު ކުރައްވައި ) އޭނާގެ ދެއަތް ހުސްއަތައި ރައްދުކުރެއްވުމަށް އެކަލާނގެ އެއަޅާގެ ކިބައިން ލަދުވެތިވެ ވޮޑިގެންވެއެވެ." 

6- سلمان رضي الله عنه ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ.  "لاَيَرُدُّ الْقَضَاءَ  إِلاَّ الدُّعَاءُ، وَلاَ يَزِيْدُ فِيْ الْعُمُرِ إلاَّ الْبِرُّ " (رواه الترمذى: 2129،  والحاكم)

މާނައީ: "ދުޢާކުރުން މެނުވީ މިންވަރުފުޅުގައި ވާކަންތައް (އެބަހީ:  އެމީހެއްގެ ނަޒަރުގައި މިންވަރުފުޅުގައިވާ ގޮތް) ބަދަލުކުރާ ކަމެއް ނުވެއެވެ. އަދި (އިޙްސާންތެރިކަމާއި ކިޔަމަންތެރި ކަމާއެކު) ހެޔޮކަންތައް ކުރުން ނޫނީ ޢުމުރު ދިގު ނުކުރާ ހުއްޓެވެ." 

7- عِبَادة ين الصّامت ގެ އަރިހުން ރިވާވެގެން ވެއެވެ.  رسول الله صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ.  "مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلَا قَطِيعَةُ رَحِمٍ إِلَّا أَعْطَاهُ اللهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عنهُ من السُّوءِ مثلَها" قَالُوا : إذًا نُكْثِرُ، قَالَ: " الله أكْثَرُ" (رواه أحمد  والترمذي : 3573، 3607، والحاكم)

މާނައީ: " އެދުޢާ އެއްގައި ފާފަވެރިކަމާއި، ގާތްތިމާގެ ކަމުގެ ގުޅުން ކެނޑުމެއްނުވާ ދުޢާއެއް، އެއްވެސް މުސްލިމަކު ކޮށްފިނަމަ، އެމީހަކަށް ތިންކަމުންކުރެ ކަމެއް ނުދެއްވައި ނުދާހުއްޓެވެ. އެއްކަމަކީ އެމީހެއްގެ ދުޢާ އިޖާބަކުރެއްވުން އަވަސް ވުމެވެ. އަދި އަނެއްކަމަކީ އެމީހެއްގެ އާޚިރަތަށްޓަކައި އެކަމުގެ ޘަވާބު ރައްކާކޮށްދެއްވުމެވެ. އަދި އަނެއްކަމަކީ ހަމަ އެހާ މިންވަރަށް އެމީހެއްގެ ކިބައިން ފާފަތައް ފުއްސެވުމެވެ. " އެބޭކަލުން ދެންނެވިއެވެ. އެހެންވިއްޔާ ތިމަންމެން ދުޢާކުރުން ގިނަކުރަންވީތާއެވެ. ޙަދީޘް ކުރެއްވިއެވެ. " ﷲ އިޖާބަކުރެއްވުން މާބޮޑުވާނެއެވެ." 

8- أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلّى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. إنَّهُ مَنْ لَمْ يَسْألِ اللهَ يَغْضَبْ عَلَيْهِ" (رواه الترمذي: 3373، وابن مجة: 3827) މާނައީ: " ހަމަކަށަވަރުން الله تعالى ގެ ޙަޟްރަތުން ކަންކަމަށް ނުއެދޭ މީހާގެ މައްޗަށް އެކަލާނގެ ކޯފާވެ ވޮޑިގަންނަވާނެއެވެ."

9- އަދިވެސް ޙަދީޘް ކުރެއްވިއެވެ. " أعْجَزُ النَّاسِ مَنْ عَجَزَ عَنِ الدُّعَاءِ ، وَأضبْخَلُ النَّاسِ مَنْ بَخِلَ بِا السَّلاَمِ "  މާނައީ: " މީސްތަކުންގެ ތެރެއިން އެންމެ ނުކުޅެދުންތެރި މީހަކީ، ދުޢާ ކުރުމަށް ނުކުޅެދުންތެރިވެއްޖެ މީހެކެވެ. އަދި މީސްތަކުންގެ ތެރެއިން އެންމެ ދަހިވެތިމީހަކީ، ސަލާމް ކުރުމަށް ދަހިވެތި ވެއްޖެ މީހެކެވެ." 

10- އަދިވެސް ޙަދީޘް ކުރެއްވިއެވެ. أفْضَلُ الْعِبَادَةِ الدُّعَاءُ " މާނައީ: " އެންމެ މާތްކަންބޮޑު (އެއް) އަޅުކަމަކީ ދުޢާ އެވެ."

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ލިޔުއްވުމަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް