އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިމާރާތް ކުރުމުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދޭން އެފް.ޑީ.ސީއިން މަސައްކަތް ކުރަނީ!

ޢިމާރާތް ކުރުމުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދޭން އެފް.ޑީ.ސީއިން މަސައްކަތް ކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

އޯޕަން ޑޭ 2021 - ވޯކް އިން އިންޓަރވިއު

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ތަރައްގީކުރުމުށް ރޭވިފައިވާ 2000 ހައުސިންގެ ޔުނިޓްގެ 2 މަޝްރޫޢުއަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުންނަށް އަމާޒު ކޮށްގެން 25 އޮކްޓޯބަރ 2021 ގައި އޯޕަން ޑޭ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޯޕަން ޑޭ ގައި ކޮނސްޓްރަކްޝަން އޮފިސަރުން، ޕްރޮޖެކްޓް އޮފިސަރުން އަދި އެސިސްޓެންޓް ސައިޓް އިންޖިނިއަރުންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ވޯކް އިން އިންޓަރވިއު ކުރުމުގެ ފުރުސަތު ހުޅުވާލުމާއިއެކު ވަޒީފާތަކާއި ބެހޭ މުހިއްމު މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.

އެފް.ޑީ.ސީ އޯޕްން ޑޭ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހު 10:00އިން 14:00އަށް އެފް.ޑީ.ސީ އޮފީސް ހުންނަ ޕޯސްޓް ބިލްޑިންގގެ 6 ވަނަ ފަންގިފިލާގައެވެ. ރަޖިސްޓްރޭޝަން އަކާއި ނުލައި ސީ.ވީ އާއިއެކު މި އޮފީހަށް ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މާލޭގައި ނޫޅުއްވާ ފަރާތްތަކަށް 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު 10:00އިން 14:00އާއި ދެމެދު އޮންލައިން އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ އޯޕެން ޑޭ އެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅޭ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ނެތް، އެހެންނަމަވެސް މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި އޯ ލެވެލް އަދި އޭ ލެވެލް ފުރިހަމަކޮށް މަސައްކަތުގެ މާހައުލަށް ނިކުންނަ ކުދިންނަށާއި، ކޮލެޖް ޔުނިވަރސިޓީތަކުން މި ދާއިރާއިން ގްރެޖުއޭޓް ވެފައިވާ ކުދިންނަށް އެޕް.ޑީ.ސީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، އިމާރާތްކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ކުދިންނަށް މަސައްކަތަށް ނުކުތުމަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އުންމީދަކީ މި ކުންފުނިން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި މަސައްކަތްކުރާ ދިވެހިން އިތުރުކޮށް، މުސްތަގުބަލުގައި ވީހާވެސް ގިނަ ދިވެހިން މި ދާއިރާއިން ތަމްރީންކޮށް މަސައްކަތުގެ މާހައުލަށް ނެރުމެވެ. 

އިއުލާންކުރެވިފައިވާ ވަޒީފާތަކާއި ބެހޭ އިތުރު މައުލޫމާތު:

ކޮންސްޓްރަކްޝަން އޮފިސަރ: https://t.co/9NBSSghVdn?amp=1 

އެސިސްޓެންޓް ސައިޓް އިންޖިނިއަރ: https://t.co/eVijPCV6kG?amp=1 

ޕްރޮޖެކްޓް އޮފިސަރ: https://t.co/ylzdbYTmPY?amp=1

އޮންލައިން އިންޓަރވިއުގައި ބައިވަރިވުމަށް މި ލިންކްގައިވާ ފޯމު ފުރިހަމަކުރައްވާ:

 

https://t.co/H9vrD9NFzl?amp=1

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް