އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންނަށް ހިދާޔަތު ދެއްކެވީ އެއްވެސް މަސައްކަތަކާ ނުލާ! ދޫކޮށްލަން ހެޔޮނުވާނެ!: ޝައިޚް އަޙްމަދު ސަމީރު

ދިވެހިންނަށް ހިދާޔަތު ދެއްކެވީ އެއްވެސް މަސައްކަތަކާ ނުލާ! ދޫކޮށްލަން ހެޔޮނުވާނެ!: ޝައިޚް އަޙްމަދު ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 34 ސިކުންތު

އެހެންވީމަ އެއީ ހިދާޔަތުގެ ހަތަރު ބައި. ހުރިހާ ޚަލްޤުތަކުންނަށް ޢާއްމުކޮށް ދެއްވީ މަގުދެއްކެވުން. އަނެއް ހިދާޔަތަކީ ތެދުމަގު ބަޔާންކޮށްދެއްވުން. ތިންވަނަ ވައްތަރަކީ ހިދާޔަތުގެ އަހުލުވެރީންކަމުގައި ލެއްވުން. ހަތަރުވަނަ ވައްތަރަކީ ޤިޔާމަތްދުވަހު ނަރަކަޔަށް ނުވަތަ ސުވަރުގެއަށް އެކަލާނގެ މަގުދެއްކެވުން. އެއީ اَلْهَادِى جَلَّ جَلالُهُ سُبْحَانَهُ وَتَعَالى.

މިބައިތައް އަޅުގަނޑުމެން ވާނީ ތަފްޞީރުގަ ޝަރަހަކޮށްގެން ނެރެފަ ދަލިލު ތަކާ އެއްކޮށް. މިރޭ އަޅުގަނޑުމެން ވާހަކަ ދައްކާނީ ހިދާޔަތުގެ ސަބަބުތަކާ ބެހޭގޮތުން. މިއީ ވަރަށް މުހިއްމު ފިލާވަޅެއް. ލޮބުވެތި ޢިއްޒަތްތެރި އަޚުން. 

ހިދާޔަތަކީ الله سُبْحَانهُ وَتَعَالَى އިންސާނަކަށް ދެއްވާނެ އެއްމެ ބޮޑު ނިޢުމަތް. އެއީ މީހެއްގެ އަތުގައި މުދަލާ ފައިސާ ހުރެގެން މީހެއްގެ ތަނަވަސްކަމުން، މީހެއްގެ ޢިލްމަކުން ލިބޭ އެއްޗެއް ނޫން. މީހެއްގެ ހަސަބާ ނަސަބަކުން ލިބޭއެއްޗެއް ނޫން. 

މީހެއްގެ އާރާއި ބާރާއި ނުފޫޒުން އެ ހިދާޔަތުގެ އަހުލުވެރިންކަމުގައިވީނަމަ ފިރުޢައުނާއި ޤާރޫނު ވީހީ ހިދާޔަތުގެ ދަރަޖައިގަ މީހެއްގެ ހަސަބާއި ނަސަބުން މީހެއްގެ ޚުދު الله سُبْحَانهُ وَتَعَالَى މާތްކުރެއްވި އެއްމެ މާތް މަތިވެރި ނަބިއްޔާ ނަސަބުގެ ގޮތުން ގާތްވެގެން ހިދާޔަތް ލިބޭނަމަ އެކަލޭގެފާނުންގެ ޢާއިލާގެ ތެރެއިން އަބޫލަހަބު ހިދާޔަތުން މަޙުރޫމެއްނުވީސް. ވަޙީ ބާއްވާލެއްވިތަން ފެނި، މަތިވެރި ނަބިއްޔާ ލޮލުން ދެކުމުގެ ފުރުޞަތު ލިބި، މުޢުޖިޒާތްތައް އެބައިމީހުންގެ ކުރިމަތީގައި ފާޅުވަމުން ދިޔައިރުގައި ވެސް އެހިދާޔަތުގެ އަހުލުވެރިންގެ ތެރެއިން އެބައިމީހުން ނުވި. ނަބިއްޔާ ގެ ޙިމާޔަތުގައި އެކަލޭގެފާނުންގެ ދިފާޢުގައި މަސައްކަތްކުރެއްވި އެކަލޭގެފާނުގެ ޢާއިލާގެ ބައެއް ބޭފުޅުންވެސް އެހިދާޔަތުގެ އަހުލުވެރިންގެ ތެރޭގައިނުވި. އަބޫ ޠާލިބު، ނަބިއްޔާ ގެ ދިފާޢުގަ މުޅި ޤުރައިޝުންގެ ކުރިމަތީގައި ހުއްޓިވަޑައިގެންނެވި. ވިދާޅުވި وَاللهِ غَيْرُ يَسِّرُوا إلَيْهِ بِجَمْعٍ حَتَّى يُوَسَّدَ بِا التُّرَابِ لَفِنَا. 

މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ ގާތަށް އައިސް، އެކަލޭގެފާނުންގެ ކަންތަކާ އަބޫ ޠާލިބާ މަޝްވަރާ ކުރީމާ، އެކަލޭގެފާނުން ވިދާޅުވަނީ ކަލޭގެފާނު ޤައުމުގެ މީހުންނޭ މިތިބީ އެމީހުން މިދައްކާ ވާހަކަވެސް އަޑު އައްސަވާބަލާށޭ. އެކަލޭގެފާނު އަޑުއެއްސެވި. އެއްސެވިއިރުގައި އެކަލޭގެފާނުގެ ހިދާޔަތު ދޫކޮށްލަންޖެހޭ، އެކަލޭގެފާނުގެ ދީން ދޫކޮށްލަންޖެހޭ، އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތުން އެއްފަރާތްވާންޖެހެނީ. 

އެއްއަހަރުގައި އެބައިމީހުން އަޅުކަންކުރާފަރާތަށް އަޅުކަންކުރަންޖެހެނީ. އަނެއްއަހަރުގައި ﷲ އަށް އަޅުކަންކުރަންޖެހެނީ. އެހެންވީމާ އެމީހުން އެހުށަހަޅާ ހުށަހެޅުމެއް އެކަލޭގެފާނަށް ޤަބޫލުކުރެވޭކަށެއް ނެތް. އެކަލޭގެފާނު ވިދާޅުވީ ﷲ ގަންދީ ވިދާޅުވަމޭ، ތިމަންކަލޭގެފާނު ކަނާތްޕުޅަށް އިރު ގެނެސް ލާފަ، ވާތްޕުޅަށް ހަނދު ގެނެސް ލިޔަސް ތިމަންކަލޭގެފާނު މިކަން ހުއްޓާނުލާނަމޭ. މިކަން ފުރިހަމަވެއްޖެއުމަށް ދާންދެން ނޫނީ މިކަމާމެދު ތިމަންކަލޭގެފާނު ހަލާކުވެއްޖައުމަށް ދާންދެން. އިތުރު ގޮތެއް ނެތޭ.

އެހެންވީމަ އެމީހުން ކުރިމަތީން އެހުށަހެޅެންއޮތް ނުރައްކާ ކުޑަވާނެ އެއްވެސް ގޮތެއް ނެތް. އަބޫ ޠާލިބު ވިދާޅުވީ ﷲ ގަންދީ ބުނަމޭ وَاللهِ غَيْرُ يَسِّرُوا إلَيْكَ بِجَمْعٍ حَتَّى يُوَسَّدَ بِا التُّرَابِ لَفِنَا. الله ގަންދީ ބުނަމޭ އެބައިމީހުންގެ މުޅި ޤައުމު އެއްކޮށް އެކުވެގެންވެސް ކަލޭގެފާނާ ހަމައަކަށް ފޯރާކަށް ނުކެރޭނޭ ތިމަން ފަސްގަނޑު ދަށަށްލާ ވަޅުނުލާހާ ހިނދަކު حَتَّى يُوَسَّدَ بِا التُّرَابِ لَفِنَا ކަށްވަޅުގައި ތިމަންނަ ލުމަށްފަހުގައި މެނުވީ ކަލޭގެފާނާހަމައަކަށް ހަމަ އެކަކަށްވެސް ފޯރާކަށް ނުކެރޭނޭ. އެކަމަކު ތައުޙީދުގެ އަޙުލުވެރިން. 

އެހެންވީމަ ލޮބުވެތި ޢިއްޒަތްތެރި އަޚުން، ލޮބުވެތި ޢިއްޒަތްތެރި އުޚުތުން، މިއީ ވިސްނާލަންޖެހޭ ނުކުތާއެއް. އަޅުގަނޑުމެންނަށްވުރެ މާމަތިވެރި ޤުރުބާނެއްމީ  . އަދި ކޮބާތޯ؟ ތިބޭފުޅުން އަޑުއައްސަވާނޭ شِعْبُ أبِيطَالِب އެއީ ކޮންތަނެއްތޯ؟ شِعْبُ أبِيطَالِب ގައި ނަބިއްޔާ ހައްޔަރުކުރެވުނު ވާހަކަ ސިޔަރަތުގައި އަޑުއަހާނެ. ނަބިއްޔާ ގެ ދިފާޢުގަ އެކަލޭގެފާނުންގެ ޢާއިލާ މަސައްކަތްކުރާތީ، އެކަލޭގެފާނުންގެ ޢާއިލާއާ ގުޅުންކަނޑާލާ، މައްކާގެ ވާދީއެއްގަ އަބޫ ޠާލިބާ ނަބިއްޔާ އެކަލޭގެފާނުގެ ޙިމާޔަތަށް އެކަލޭގެފާނުގެ ޢާއިލާ މީހުން އެކަހެރިކުރި 3 އަހަރު ވަންދެން ތިންއަހަރުވަންދެން އެމީހުނާ ކައިވެނި ކުރުންމަނާ، އެމީހުން އަތުން އެއްޗެއް ގަތުންމަނާ، އެމީހުންނަށް އެއްޗެއް ވިއްކުން މަނާ، އެމީހުނާ އެއްވެސް ގުޅުމެއް ބޭއްވުން މަނާ، މިއެއްބަސް ވުމުގެ ފަތް ލިޔެފަ ގެފުޅުގަ އެލުވާފަ ދިގުވާގަޑެއްގައި ތިން އަހަރު ވަންދެން. 

އޭރުވެސް ނަބިއްޔާ ގެ ދިފާޢުގައި އަބޫޠާލިބް އެކަލޭގެފާނު އެއްތަންމައްޗަށް ލާފައި އަޅުގަޑުމެންގެ ބުޅާ ހަތްހާއްޔަށް ލާހެން އެއްތަނުން ނުރައްކާވީމާ އަނެއްތަނުން ނެރެ އެއްތަނަށް ލާފައި އަނެއްތަނަށް ލާފައި މައްކާގެ މުޝްރިކުންގެ ނުރައްކަލެއް އައިސްދާނެތީ އެހެންނަމަވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ނުކުތާއަކީ އެހިދާޔަތު الله سبحانه وَتَعَالى އަޅުގަނޑުމެންނަށްވުރެ މާގާތުގާ އުޅުން މީހުން މަޙްރޫމްވެފާ، އަޅުގަނޑުމެން އެތައްހާސް ކިލޯމީޓަރެއް ދުރުގައި އެތައް އަހަރަކަށްފަހު އަޅުގަނޑުމެން ތިއްބާ އެހިދާޔަތު ﷲ އަޅުގަނޑުމެނަށް ދެއްވި ވިސްނާވަޑައިގެން. 

އަޅުގަނޑުމެން އެހޯދަން ކުރި އެއްވެސް މަސައްކަތެއް ނެތް، ކުރި އެއްވެސް ޖިހާދެއް ނެތި، ދިން އެއްވެސް ޤުރްބާނީ އެއް ނެތި، ކުރި އެއްވެސް ހޭދައެއްނެތި، ފުރަތަމައިންވެސް އިވޭ އަޑަކީ اللهُ أَكْبَر، الله أكبر، اللهُ أَكْبَر،    ތައުޙީދުގެ ކަލިމަ ފުރަތަމަ އަޑުއިވެނީ ވިހެއިމަ ބަންގީ ގޮވަނީ ކަންފަތްދޮށު. ރީތި އިސްލާމް ނަމެއްކީ، މަންމަ މުސްލިމް. ބައްޕަ މުސްލިމް. ފަސްވަޤުތު ބަންގީގެ އަޑު އިވޭ ތައުޙީދުގެ ބިމެއްގައި އުފަންކުރޭ ޤާނޫނީ ގޮތުން ﷲ ފިޔަވާ އަޅުކަންކުރުން މަނާ ކުރެވިފައިވާ ފަސްގަނޑެއް ދުނިޔޭގެ ހުރިހާ ޤައުމުގެ ތެރެއިން ހަމައެކަނި ދިވެހިރާއްޖެއަކީ މިދެންނެވި މާނައިގާ ޚާއްޞަ ސިފަތަކެއް ލިބިފައިވާތަނެއް، ދުނިޔޭގެ އެއްވެސް ޤައުމަކަށް ލިބިފައިވާ ހުސޫސިއްޔަތު ރާއްޖެއަށް ލިބިފާ. 

އަޅުގަނޑު ނުދަންނަވާނަން އެއްވެސް ޤައުމެއް ދުނިޔޭގެ ފަސްގަނޑުގައި މިކަހަލަ އޮންނާނެޔެކޭ. އެއްދީނަކަށް ތަބާވާ، އެއްމަޒްހަބަކަށް ތަބާވާ، އެއްވެސްކަހަލަ ޚުރާފީ މަޛްހަބެއް ޝިޔަޢީ އެހެން އެއްޗެއް މިދެންނެވިކަހަލަ. ސަޢޫދީ އެރަބިޔާ އަށް ބަލައިލިޔަސް ޝިޔަޢީން އެބައުޅޭ، މިރާއްޖޭގަ އެއެއްވެސް ނެތް، އަދި ފިކުރީ މަޛްހަބުތަކަށް ބެލިޔަސް، އަޅުގަނޑުމެންނަކީ އެއް ފިގުހަކަށް ޢަމަލުކުރަމުންދާބަޔެއް. 

ހިދާޔަތުން، އެ ހިދާޔަތުން الله سُبْحَانهُ وَتَعَالَى މާ ގާތުގަ ހިދާޔަތުގެ އަހުލުވެރިންކަމަށްވުން މާއެކަށީގެންވާ ކަމެއް މީހުން އަޅުގަނޑުމެންނަށް ފެންނަންތިބޭ އެހިދާޔަތުން މަޙުރޫމްވެފައި، الله سُبحَانه وَتَعَالى ހިދާޔަތުގެ އަހުލުވެރިންކަމުގައި އަޅުގަނޑުމެންވަނީ ލައްވާފަ. ހަމަ ޙަޤީޤަތުގައިވެސް އެއީ ޝުކުރުކުރަންޖެހޭ ކަމެއް. ކީއްވެގެންތޯ؟ އެބޭފުޅުން އެހިދާޔަތުން ހޯއްދަވައިގެން ހިދާޔަތުގެ އަހުލުވެރިންކަމުގައިވެގެން، އެ ދިފާޢުކުރެއްވުމަށްޓަކައި، އެ އުފުއްލެވި ބުރަވެސް އަޅުގަނޑުމެން އުފުއްލާކަށްނުޖެހޭ. އަމާންކަމާ އޮމާންކަމާ ސުލްޙަމަސަލަސްކަން ޤާއިމްވެފައިވާ އިސްލާމީ މުޖުތަމަޢުއެއްގައި އަޅުގަނޑުމެން ލެއްވީމާ އެ އަމާންކަން އެގޮތުގައި އީމާންކަމާ އިސްލާމްކަން މަތީގައި ހިފެހެއްޓުން އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. 

އެހެންވީމަ ލޮބުވެތި ޢިއްޒަތްތެރި އަޚުން، ލޮބުވެތި ޢިއްޒަތްތެރި އުޚުތުން، މި ނިޢުމަތް މީ ﷲ ސުބުޙާނަހޫވަތަޢާލާ ދެއްވާ ނިޢުމަތެއް. އަޅުގަނޑުމެންގެ ތެރެއިން ފަޤީރަސް މުއްސަންޖަސް، އޭގެ މާނައަކީ ތިބާއާމެދުގަ އެތައް މިލިއަން އިންސާނުންނެއްގެ ތެރެއިން ޚާއްސަ ނަޒަރަކުން ﷲ ބެއްލެވީމައޭ އެ ހިދާޔަތުގެ އަހުލުވެރިންކަމުގައި ލެއްވީ، މިދެންނެވި ފަރާތްތައް އެ ހިދާޔަތުން މަޙުރޫމްވެފައި ވަނިކޮށް. އެ ޙުޞޫޞިއްޔަތު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. ޙަޤީގަތުގަވެސް ﷲ ސުބުޙާނަހޫވަތަޢާލާ އަޅުގަނޑުމެންނާ މެދުގައި ޚާއްސަ ރަޙުމަތުގެ ނަޒަރަކުން ބެއްލެވުން އެއީ މި ހިދާޔަތުގެ އަހުލުވެރިންކަމުގައި ލެއްވުން. 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް