އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު
ތިމަންނަގެ ޒުވާން ދުވަސްވަރޭމީ މާދަން މުސްކުޅިވީމަ ރަނގަޅަށް އުޅޭނަމޭ ތަނަވަސް ކަމުގެ އަހުލުވެރިންވެސް އެބަބުނޭ ބުނީމާ ޙައްޖަށް ދިއުމުގެ ވާހަކަ ދެއްކީމަ އެބަބުނޭ ޙައްޖަށް ދާނީ އަދި ތަންކޮޅެއް ފަހުންނޭ ބަލަ ތިމާގެ މައްޗަށް ޙައްޖު ވާޖިބުވީމާ ތިމާ ލަސްކޮށްގެން ނުވާނޭ ވަކި ޢުމުރަކަށޭ ކިޔާފާ އަދި މިހެން އުފަލާއި މަޖަލުގާ އުޅެލާނީއޭ ވަކިވަރަކަށް ޢުމުރު ދިޔައިމާ ދެން ތައުބާވާނީއޭ،
ކިހިނެއް އެނގޭނީ ތައުބާވާން އޭނަޔަށް ފުރުޞަތު ލިބޭނެ ކަމެއް؟ އެއީ ކާކަށް ގެރެންޓީއެއް އޮތްކަމެއް؟ އެހެންވީމާ ޢަމަލުތައް ސީދާކޮށް ބަހައްޓަންވީ އަބަދުމެ ބަހައްޓަންޖެހޭނީ ތައްޔާރުގަ ތިމާ މިދުނިޔެއާ އަލްވަދާޢުކިޔަން ޖެހިދާނެ ކަން ތިމާގެ ހިތުގާ ބަހައްޓައިގެން އަބަދުމެ އެއަށް ތައްޔާރުވެގެން ހުންނާނީ އެއްފަދައިން ހަދައިގެން ހުންނަން ޖެހޭނީ.
"وخُذْ من صِحَّتِك لمرضِك " ތިބާ ތިބާގެ ޞިއްޙަތު ސަލާމަތުން އެއީ ކޮންމެ އިންސާނަކީވެސް އޭނާގެ ޞިއްޙަތު ސަލާމަތުން ހުރުމުގެ ދުވަސްތަކެއް އޭނާއަށް ﷲ ދެއްވާނެ އަދި އެއާއެކު ބަލިމަޑުކަންވެސް ޖެހޭނެ ކަމަށް ބަލަންޖެހޭނީ.
އެހެންވީމާ ޞިއްޙަތުގެ ދުވަސްތަކުން ފައިދާ ލިބިގަންނާށޭ! ބަލިމަޑުކަން އައިސް ޖެހުމުގެ ކުރިން ބަލިވީމަ ދެން އަޅުގަނޑުމެންނަކަށް އެތައް އެތައް ކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ޞިއްޙަތު ސަލާމަތުން ހުންނައިރު އަޅުގަނޑުމެނަށް ނަމާދުވެސް ރަގަޅަށް ކުރެވޭނީ ﷲ ގެ ޙަޟްރަތުގާ ޤާއިމުވެ ހުރެވޭނީ، ކޮއްޅަށް ހުރެވޭނީ، ރުކޫޢުގާ އޮވެވޭނީ، ސަޖިދާގައި އޮވެވޭނީ، ހަމަ އެގޮތަށް އަޅުގަނޑުމެނަށް ރޯދަވެސް ހިފޭނީ، ސުންނަތް ރޯދަތައްވެސް ހިފޭނީ، ވަކިހިސާބަކަށް މީހާދިޔައިމާ އެމީހާގެ ޙާލަތު އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުވެ އޭނާ ބަލިވީމާ ދެން ކިހިނެއްތޯ ގިނައިރުވަންދެން الله سُبْحَانَهُ وَتَعَالَى އަށް މުނާޖާ ދަންނަވަން އެމީހަކަށް ހުރެވޭނީ ސުންނަތް ރޯދަތައް ހިފޭނީ ﷲގެ މަގުގާ މަސައްކަތް ކުރެވޭނީ.
ވަކިހިސާބަކަށްދާއިރަށް ޑޮކްޓަރުންވެސް އަންގާނެ އޭ ދެން ރޯދަނުހިފާށޭ، ތިބާގެ ސިއްޙަތަށް ރައްކަލެއްނޫނޭ ނުކައި ނުބޮއި މިހާ މުއްދަތު ވަންދެން މީހާގިނަ ވަގުތުތަކެއްގާ ހުންނާކަށް ދެން އެހެންވެ ރޯދައެއްވެސް ނުހިފޭނެ ފަރުޟު ރޯދަ އެބަ ދޫކޮށްލަންޖެހޭ އެކަމު މީހާގެ ޞިއްޙަތު ސަލާމަތުން ހުންނައިރު އެކުރާ އަޅުކަންތައް. ނަމާދުކުރަނީ، ރޯދަހިފަނީ، ޞަދަޤާތް ދެނީ، ޤުރްއާން ކިޔަވަން އިންނަނީ، ﷲ އަށް ޛިކުރުކުރަނީ، ހެޔޮ ކަންތައްތައް ތަފާތު ހެޔޮކަންތައްތައް ކުރަމުންދަނީ، އެމީހާ ބަލިވެ ތަންމަތީގާ އޮތުމަށްފަހު ސިއްޙަތު ސަލާމަތުން ހުރިއިރުގާ ކުރަމުންއައި ކަންތައްތައް ނުކުރެވުނަސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ޘަވާބު ދެއްވާނޭ .
އެހެންވީމާ މިހާރު ކުރަންވީ އެއީ ނުކުރެވޭދުވަސް އަތުވެދާނެތީ، ނުކުރެވޭދުވަސް އައިމާ އެމީހާ ސިއްޙަތު ސަލާމަތުން ހުރިއިރު އޭނަކުރި އަޅުކަންތަކުގެ ސަވާބު ﷲ ސުބްޙާނަޙޫ ވަތަޢާލާ އޭނާއަށް ނުކުރެވޭ ދުވަހުގާ ދެއްވާނެ އޭނަ ނިޔަތް އެބައޮތްވިއްޔަ އެކަން ކުރަން، ޤަސްދުކޮށްގެން ހުރީ އެކަމު ބަލިމަޑުކަމަކާހުރެ އޭނަޔަށް ނުކުރެވުނީ، ދަތުރެއްގެ މަތީގާ ހުރެގެން ނުކުރެވުނީ، އޭނަ ވަޒަންވެރިއެއްގެ ގޮތުގާހުރެ، އޭނަގެ ސިއްޙަތު ސަލާމަތުންހުރެ ކުރަމުންއައި ކަންތައްތައް އެކަންކަން އޭނާއަށް ނުކުރެވޭދުވަހުގަ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް ޘަވާބުގެ ގޮތުގައި އެދުވަސް އޭނާ އެކުރި އަޅުކަންތައް ލިޔުއްވާނެ،
- ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން
Advertisement
25 ނޮވެމްބަރ 2021