އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިޙްއެވެ! މިއީ ޢާއިޝަތުގެފާނު މަނިކުފާނަށް ފޮނުއްވެވި ނަޞޭޙަތްކަމަށް ޤަބޫލުފުޅުކުރައްވައިފިނަމަ ފައިދާކުރާނެއެވެ!

ރައީސް ޞާލިޙްއެވެ! މިއީ ޢާއިޝަތުގެފާނު މަނިކުފާނަށް ފޮނުއްވެވި ނަޞޭޙަތްކަމަށް ޤަބޫލުފުޅުކުރައްވައިފިނަމަ ފައިދާކުރާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ރައީސް ޞާލިޙްއެވެ! މަނިކުފާނަކީ ޞާލިޙް އަޅެއްކަމުގެ އިތުބާރު އަދިވެސް ދޫކޮށެއް ނުލަމެވެ! ނަމަވެސް ދީނުގެ ކަންކަމުގައި މަނިކުފާނު ވިދާޅުވާ ބަސްފުޅުތަކާއި ކޮންމެ ދުވަހަކު ޤައުމުގައި މިހިނގާ ކަންކަމާއި އަޅާ ބެލުމުން ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދެއެވެ! 

މަނިކުފާނަށް އިތުބާރުކުރި ގިނަ ބައަކު މިއަދު މަނިކުފާނަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެއެވެ. އެހެން އެކަންވާން މެދުވެރިވާ ސަބަބު ދެންވެސް އަވަހަށް ނަތަވައިލައްވާށެވެ! އެކުގައި ތިއަ ގެންގުޅުއްވާ މީހުންނާއި ވަކިބައެއްގެ ރުހުން ހޯއްދަވަން ތިއަ ގެންގުޅުއްވާ އުޞޫލު ބަދަލުކުރައްވާށެވެ! ބަދަލުކުރަންޖެހޭކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީވެސް ހަަމަ މަނިކުފާނަށެވެ! 

މިބަޔާންކުރަނީ އަޅުގަނޑުގެ ބަހެއް ނޫނެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވާށެވެ! 

"މުޢާވިޔަތުގެފާނު ޝާމްކަރައިގައި އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށް ސިޓީފުޅެއް ފޮނުއްވައި ނަޞޭޙަތަކަށް އެދިވަޑައިގަތުމުން ޖަވާބުގައި ފޮނުއްވެވީ ރަސޫލް (ﷺ)ގެ ބަސްފުޅެކެވެ. އެއީ:

މީސްތަކުން ކިތަންމެ ނުރުހުނުކަމުގައިވީނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުމުގައި މީހަކު ހިފައިފިނަމަ (ﷲ ތަޢާލާ އަނގްވާފައިވާގޮތަށް ކަންކަންކުރާނަމަ) މީސްތަކުން އެމީހަކާއިމެދު ރުހޭނެ ގޮތް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އަދި ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގަންނަވާނެތެވެ. 

މީސްތަކުންގެ ރުހުން ހޯދުމަށްޓަކައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ މަގު އޭނާ އިޚްތިޔާރުކޮށްފިނަމަ ﷲ ތަޢާލާ އޭނާއަށް ކޯފާވެވޮޑިގަންނަވާނެތެވެ. އަދި އޭނާ ދެކެ މީސްތަކުން ރުޅިއަންނަހައިކަމެއް ﷲ ތަޢާލާ މެދުވެރިކުރައްވަވައިފާނެތެވެ!" 

އިތުރަށް ދަންނަވާނެ ވާހަކައެއް މިވަގުތަކު ނެތެވެ! ޢާއިޝަތުގެފާނު ބަޔާންކުރައްވަވާފައިއެވަނީ ޙަދީޘްފުޅެކެވެ. ދެން އަޅުގަނޑު އިތުރަށް ދަންނަވަން އޮންނާނީ ކޮން އެއްޗެއްތޯއެވެ؟

- ރައީސް ޞާލިޙް ﷲ ގެ މަގުން ޢަމަލުކުރެއްވެވުމަށް އެދޭ މީހެއް-

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް