އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
އަނބިދަށުވުމާއި ފިރިދަށުވުމުގެ މާނަ ގިނަބައަކަށް މިހާރުވަނީ އޮޅިފައެވެ. ބައެއް ޤަޞްދުގައި އޮޅުވާލަނީއެވެ. އެހެންކަމުން ޒަވާޖީ ޙަޔާތުގައި ދަނީ އެއްވެސް ފައިދާއެއް ނުކުރާނެ މައްސަލަތައް ގިނަވަމުންނެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“If a woman prays her five prayers, fasts her month of Ramadan, guards her chastity, and obeys her husband, she will enter Paradise from any gate she wishes.” Source: Ṣaḥīḥ Ibn Ḥibbān 4252 Grade: Sahih (authentic) according to Al-Albani
ފިރިމީހާއަށް ކިޔަމަންތެރިވުން ހިމެނިގެންވަނީ ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަންނަން ފުރުޞަތު ލިބޭކަމަކަށެވެ.
"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)
ކަންއޮތީ މިފަދައިން ކަމުގައިވާއިރު ވަކިމީހަކު މަތިވުމާއި ތިރިވުމުގެ ވާހަކަ ނެރެނީ ކޮންގޮތަކުން ހެއްޔެވެ؟
ވިސްނުންތެރިކަމާއިއެކު ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅު ކިޔައިލަބަލާށެވެ!
ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫނެވެ! އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ފިރިމީހާގެ ދަށުވުމެއްވެސް ނޫނެވެ! ޢާއިލީ ނައުގެ ކައްޕިތާނަކީ ފިރިމީހާ އެވެ. ޢާއިލީ އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ.
"ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫނެވެ! އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ދަށުވުމެއްވެސް ނޫނެވެ! ޢާއިލީ ނައުގެ ކެޕްޓަނަކީ ފިރިމީހާއެވެ. އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ."
Advertisement
26 ނޮވެމްބަރ 2021