އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހެން މިވަނީ ކީއްވެ؟ ދޫނިފަދަ ތަކެތިވެސް ޚުޠުބާ އަޑުއަހަނީހެއްޔެވެ؟ އަދި ނަމާދުވަގުތުޖެހުމުން އެނގެނީ ހެއްޔެވެ؟

މިހެން މިވަނީ ކީއްވެ؟ ދޫނިފަދަ ތަކެތިވެސް ޚުޠުބާ އަޑުއަހަނީހެއްޔެވެ؟ އަދި ނަމާދުވަގުތުޖެހުމުން އެނގެނީ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މީގެ 4 ހުކުރުވަރު ކުރިއެވެ. ހުކުރުނަމާދުކުރީ ޛިކުރާ މިސްކިތުގައެވެ. އިމާމް މީހާ ޚުޠުބާ ކިޔައި ނިމި އަދި ނަމާދުވެސް ނިމުމާއިއެކު ގަހުން ކޮވެލިތައް ބާރަށް ގޮވަން ފަށައިފިއެވެ. މިސްކިތުން ފައިބައި ބައެއް މީހުންނާއި ވާހަކަދައްކައިލުމުން ބުނީ ބައެއް ދުވަސްދުވަހު އެކަން ފާހަގަކުރެވޭތީ އެމީހުންވެސް އެކަމަށް ވިސްނާ ކަމަށެވެ. 

މިއަދު ހުކުރުކުރީ ބަރްބަރީ މިސްކިތުގައެވެ. ޚުޠުބާ ކިޔައި ނިމި ހަމަކުޑައިރުކޮޅަކުން އަޑުހަރުކޮށް ވާ ގޮވަން ފަށައިފިއެވެ. ސުންނަތްކޮށްގެން މީހުން ފޭބިއިރުވެސް ގޮވައެވެ. ބައްދަލުވި އަޚަކަށް އެކަން ފާހަގަކުރެވުނުތޯ ސުވާލުކޮށްލުމުން އެނގުނު ގޮތުގައި އޭނާ ގޮވައިގެން ގޮސްހުރި ޢަރަބިއްޔާ ސްކޫލްގައި ކިޔަވާ އޭނާގެ ދަރިފުޅަށް އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. އަދި އޭނާ ކިޔައިދިނީ މުޅިން ތަފާތު ވާހަކައެކެވެ. 

"ކުރިން އަޅުގަނޑު ދިރިއުޅުނީ މިމިސްކިތާއި ވަރަށް ގާތުގައެވެ. ވަރަށް ގިނައިން ފާހަގަކުރެވުނު އެއް ކަމަކީ ނަމާދުވަގުތު ޖެހުމާއިއެކު (ބަންގިގޮވަން ވަރަށް ކައިރިވުމުން) ވަރަށް ގިނަ ފަހަރު ވަރަށް ބާރަށް ކޮވެލި ގޮވާކަމެވެ. އަޅުގަނޑުމެން އެއިރުވެސް އެވާހަކަދައްކަމެވެ. އެއްޗެއްސަށްވެސް ނަމާދުވަގުތު އެނގެނީކަމާއިމެދު ސުވާލު އުފެދެއެވެ." 

މިފަދަ ކަންކަން ކޮންމެ ދުވަހެއްގެ ކޮންމެ ނަމާދެއްގައި މެދުވެރިނުވެދާނެއެވެ. މަދުން ނަމަވެސް އެދައްކަވަނީ މީސްތަކުން އެކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް