އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ އަންހެނުންގެ ޗެމްޕިއަނަކަން ކްލަބް ގްރީން ސްޓްރީޓްސް ހޯދައިފި

މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ އަންހެނުންގެ ޗެމްޕިއަނަކަން ކްލަބް ގްރީން ސްޓްރީޓްސް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ އަންހެނުންގެ ޗެމްޕިއަނަކަން ކްލަބް ގްރީން ސްޓްރީޓްސް ހޯދައިފިއެވެ. 

ފައިނަލް މެޗްގައި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ބައްދަލުކޮށް ކްލަބް ގްރީން ސްޓްރީޓްސް ޗެމްޕިއަންކަން ހޯދީ 32/52 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. 

މެޗުގެ ކްޔީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ކްލަބް ގްރީން ސްޓްރީޓްސް ގެ ޢާއިޝަތު ނާޒިމާއެވެ.

 

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ: 

- ކޭޔައިއާރުސީގެ، މަރްޔަމް ޝިއްނަތު، އީމާ ޢަބްދުއްސަތާރު، 

- ޝައިނިން ސްޓާރ ސްޕޯޓްސް ކްލަބްގެ އާމިނަތު އައިނީ، ޢާއިޝަތު ޒީކް ޝިޔާމް، ހަމްނާ ޢަބްދުއްރަޙްމާން 

- ކްލަބް ގްރީން ސްޓްރީޓްސްގެ އާމިނަތު ރީމް ޝާމް، ޖީއެސްކޭ ޑިސަނަޔަކަ

"ޕްރޮމިސިންގ ޕްލޭޔަރ"ގެ މަޤާމް ހޯދީ ޝައިނިން ސްޓާރ ސްޕޯޓްސް ކްލަބްގެ އައިން ޢަލީ ރަޝީދު އެވެ. 

"ކްޔީން އޮފްދަ ސީރީޒް"ގެ މަޤާމް ޙާޞިލްކުރީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކލަބް ގްރީން ސްޓްރީޓްސްގެ އާމިނަތު ރީމް ޝާމްއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ