އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ބިމުގެ ރެޖިސްޓްރީ ބާތިލްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ބިމުގެ ރެޖިސްޓްރީ ބާތިލްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފައިވާ ހުޅުމާލޭ ބިމުގެ ރެޖިސްޓްރީ ބާތިލްކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މާލޭ ސިޓީ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވާހަކަ ދައްކަވަމުން ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބޭކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި މިމައްސަލައިގައި މަޖިލީހާއި އެހެން އިދާރާތަކާ ވެސް ބައްދަލު ކޮށްފައި ވާނެ ކަމަށާއި ނަމަވެސް އެއްވެސް އިދާރާއަކުން އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު މިއަދުނޫހަށް ވިދާޅުވީ ހުޅުމާލޭގައި އެތައް ހާސް ރައްޔިތުން ދިރިއުޅެމުންދާއިރު ރައްޔިތުންނަސް ޚިދުމަތްދޭން މިހާރުހުރީ ޑެސްކެއް ބަހައްތައިލެވޭވަރުގެ "ރޫމެއް" ކަމަށާއި އެކަށީގެންވާވަރުގެ އޮފީހެއް ވަރަށް އަވަހަށް ޤާއިމުކުރެވޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ފާސްކޮށްފައި ވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 12 ކައުންސިލަރުންގެ އިއްތިފާގުން ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު