އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރަވީދުވަސް އައިއިރު ޤައުމު ރޮއި އާދޭސްކުރަނީ އަނެއްކާވެސް ދޮންބަންޑާރައިންނަކަށް އެދި!

ހުރަވީދުވަސް އައިއިރު ޤައުމު ރޮއި އާދޭސްކުރަނީ އަނެއްކާވެސް ދޮންބަންޑާރައިންނަކަށް އެދި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިއަދަކީ ހުރަވީ ދުވަހެވެ. ހުރަވީ ދުވަސް ފާހަގަކުރަނީ ރާއްޖެ ދެކެފައިވާ އެންމެ ބޮޑެތި ޚާއިނުންކަމުގައިވާ ޙަސަން ތާޖުއްދީނުގެ 2 ދަރިން ދިން ދައުވަތަށް އިންޑިއާ ބައަކު މާލެ ހިފައި ރާއްޖެ އަޅުވެތިކޮށްގެން ތިބި ތިބުން ނިމުމަކަށް ގެނައި ދުވަހުގެ ގޮތުގައެވެ.

ހުރަވީ ދުވަހުގެ ނަމުން ނަންދެވުނީ އިންޑިއާއިން އައިސް މާލެ ހިފައި ދިވެހިން އަޅުވެތިކޮށްގެން ތިބި ހޮޅީންނާއި ހަމަލަ ދެއްވައި ބަލިކުރައްވައި ދިވެހިރާއްޖެއަށް، ދިވެހިރައްޔިތުންނަށް މިނިވަންކަން ހޯއްދަވައިދެއްވީ ހުރާގޭ ދޮންބަންޑާރައިން ކަމުގައިވާތީއެވެ. 

އިންޑިއާ މީހުންނަށް އެފަހަރު ރާއްޖޭގައި ތިބެވުނީ މަދު ދުވަސްކޮޅެއްގައި ނަމަވެސް އެމީހުންގެ އާދަކާދައިގެމަތިން ދިވެހިންގެ މުދައު ފޭރުމުގައި ވަނީ ހައްދުފަހަނައަޅައިފައެވެ. މީހެއްގެ އަންތބަކަށް ބެލުމެއް ނެތި، ޅަދަރިންނަށް ބެލުމެއް ނެތި ދިއައީ ދިވެހި އަންހެނުންގެ ޢިއްފަތް ފޭރެމުންނެވެ. 

އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އަޅުވެތިކުރަން ދަހިވެތިވެގެން ތިބޭ ބައަކު ދިރިއުޅެމުން އައިޤައުމަކަށްވާތީ އެކި ޒަމާނުގައި އެކި ނަންނަމުގައި އެކި ގޮތްގޮތުން އައީ ރާއްޖެއަށް އަރައިގަނެ އަޅުވެތިކުރަން މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ރަށްތަކަކީ ކުދިކުދި ރަށްތަކަކަށްވެފައި އާބާދީމަދުވުމުން އެއްވެސް ބިރެއްނެތި ރަށްރަށަށް އަރައި ރައްޔިތުންގެ މުދައު ފޭރުމަކީ އިންޑިއާ މީހުން ޢާންމުކޮށް ކުރަމުން އައި ކަމެކެވެ. ރަށްރަށަށް އަރައި ފައިބައިގެންދާއިކައްކަން ގެންގުޅޭ ތެލިކޮޅުވެސް ގެންދާކަން ތާރީޚު ފޮތްތަކުން އެނގެން އެބައޮތެވެ. 

ޒަމާނަށް އައި ބަދަލުތަކާއިއެކު ކަންކަން ކުރާ ގޮތް ތަފާތުވި ނަމަވެސް އެދުވަހު ރާއްޖެއިން ފެނުނު ހަސަން ތާޖުއްދީނުގެ 2 ދަރިންފަދަ ދަރިން ރާއްޖެއިން މިއަދުވެސް އެބަފެނެއެވެ. އެދުވަހު ދޮންބަންޑާރައިން ދިވެހި ޤައުމަށްކޮށްދެއްވި އަގުހުރި ޚިދުމަތްކޮށްދެއްވާނެ ދޮންބަންޑާރައިންނަށް މިއަދުވެސް ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ދޮންބަންޑާރައިން ފަދަ ލީޑަރުންނަށް އެދި ޤައުމު ރޮއި ސަލާންޖަހަމުން ގެންދަނީއެވެ. ދެފައިގައި ހިފައި އާދޭސްކުރަމުން ގެންދަނީއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް