އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗްޕީއޭގެ އިދާރީ ހިންގުން ބީލަމަށްލައިގެންވެސް ރައްޔިތުންނަށް ޝޮކް ނުލިބޭނެ ގޮތަށް ޤަވާއިދުތައް އިއުލާނުކުރަން ފަށަން އަދިވެސް ނުވަނީތޯ؟

އެޗްޕީއޭގެ އިދާރީ ހިންގުން ބީލަމަށްލައިގެންވެސް ރައްޔިތުންނަށް ޝޮކް ނުލިބޭނެ ގޮތަށް ޤަވާއިދުތައް އިއުލާނުކުރަން ފަށަން އަދިވެސް ނުވަނީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ކުއްލިއަކަށް އިއްޔެ އިއުލާނުކުރި މާލެއިން ފުރާނަމަ ސާމްޕަލް ނަގަންޖެހޭނެ ކަމަށާއި ފުރޭނީ ނެގަޓިވް ނަތީޖާއެއް އޮވެގެން ކަމަށް އިއުލާނުކުރުމުން ރައްޔިތުން ނިދިނަގާލާފައި ރޭ ކުރި މަސައްކަތަކީ ސާމްޕަލް ދިނުމެވެ. 

ނަމްބަރު ދޫކުރުން ހުއްޓާނުލިނަމަ 24 ގަޑިއިރަށްވެސް ސާމްޕަލް ދިނުން ކުރިއަށްދާނެއެވެ. ހުޅުމާލެއިން ސާމްޕަލް ނަގަން އައި ބައެއް މީހުންނަށް އެނބުރި ދެވުނުއިރު 2 ޖަހައިފިއެވެ. ލިބުނު ފުރުސަތާއި ގުޅިގެން ވިޮޔަފާރިއަށް ޕީސީއާރު ޓެސްޓް ހަދައިދޭ ތަންތަނުގެ ވިޔަފާރިއަށް ވަނީ ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެފަދަ މަރުކަޒަކުން އަގުބަލާފައި ސާމްޕަލް ނަގަންދާންވީއިރަށް 50 އިންސައްތަ އަގުބޮޑުވި ކަމުގެ ޚަބަރެއްވެސް ސޯޝަލްމީޑިއާގައި ފެތުރުނެވެ. 

ކަންކަން އޮބިނޯތުމުން މިހާރުވަނީ ނެގަޓިވް ނަތީޖާއެއް ނެތަސް ސާމްޕަލް ދީފައި ފުރޭނެ ގޮތަށް ހަމަޖައްސައިފައެވެ. 

އެޗްޕީއޭއިން މިހައިތަނަށް އިއުލާނުކުރި މިފަދަ ކޮންމެ ފިޔަވަޅަކާއި ގުޅިގެން މިފަދަ މައްސަލަތައް ނުކުންނަމުންދާއިރު އެޗްޕީއޭގެ އިދާރީ ޙިންގުމަށް ބަދަލުތަކެއް ގެންނަން އެބަޖެހޭކަން ގިނަ ބއަކު ފާހަގަކުރެއެވެ. ވީމާ ޑޮކްޓަރުން ދެއްވާ ލަފާ ތަންފީޒުކުރާ އިދާރީ ހިންގުން ބީލަމަށް ލައިގެންވެސް މިނޫން ޙާލަތަކަށް އެތަން ހިންގަންފަށަން އަދިވެސް ހަމަނުވަނީތޯއެވެ؟ 

އެޗްޕީއޭގެ މިހާރުގެ މައިގަނޑު މަސައްކަތެއް ކަމަށް ބެލެވެނީ މިސްކަތްތަކަށް ރަނގަޅު ދޯކާއެއް ދެވޭނެ ގޮތަކަށް ވިސްނުމެވެ. އެގޮތަށް ޤަބޫލްކުރަންޖެހެނީ މިފަހަރުގެ ރާޅާއި ގުޅިގެން ވެސް މިސްކިތްތަކަށް ދިއުމަކީ މާބިރުވެރިކަން ބޮޑު ކަމެއްކަން ދައްކަން ވަނީ މަސައްކަތްކޮށްފައެވެ. އެކަން އެނގެނީ މިސްކިތަށް ނުދާ މީހުން މަގުމަތީގައި ހުއްޓިތިބެ އޮޅުލައި ވާހަކަދެއްކުމާއިމެދު ކަންބޮޑުނުވެ ފުރަތަމަވެސް މިސްކިތަށްދާއިރު ފެންނަ މީހަކާ ވައިވެސް ނޭޅެން އިލްތިމާސްކުރުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް