އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ހާމަވީ އެޗްޕީއޭއަކީ ހަމައެކަނި މިސްކިތްތައް ފަހާދުވާތަނެއްކަން-!

މިއަދު ހާމަވީ އެޗްޕީއޭއަކީ ހަމައެކަނި މިސްކިތްތައް ފަހާދުވާތަނެއްކަން-!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނިގޮތުން ދާދިފަހުން އެތައް ހާސް ބައަކު އެއްވެގެން ބޭއްވި ނާޗަރަންގީ ޝޯ އާއި ކޮންމެ ރެއަކު އެތައް ހާސް ބައަކު ދިއަ ނައިޓްމާކެޓް ބޭއްވުމުގެ ޒިންމާ އުފުލަން ޖެހޭނީ އެކަންކަން ކުރަން ހުއްދަދިން ފަރާތުންނެވެ. ޚާއްޞަ ގޮތެއްގައި ފާހަގަކުރީ މާލެސިޓީ ކައުންސިލެވެ. އެންމެ ބޮޑު އެއްވުން ބޭއްވި ޔޫތު މިނިސްޓްރީގެ ނަންވެސް ކިޔާކަށް ނުކެރުނެވެ. 

ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރަންވީ ގޮތް ކަނޑައަޅައި ތަންފީޒުކުރުވަން ރައީސުލްޖުމްހޫރިއްޔާއަށާއި އިސްލާމިކް މިނިސްޓްރީއަށް ޕްރެޝަރުކުރުވިއެވެ. ބިރުވެސް ދެއްކިއެވެ. ކުރެވެން އޮތް ހުރިހާ ކަމެއް ކުރިއެވެ. އެޗްޕީއޭއަށް ހިތްހަމަޖެހުމެއް ލިބުނީ މިސްކިތްތަކުގައި ބޮޑުތަޅު އެޅުވުމުންނެވެ. 

ބޮޑުތަޅު އެޅުވިފަހުން ވެސް ބައެއް މިސްކިތްތަކުގައި ނަމާދުކުރާތީ ފުލުހުން ފޮނުވިއެވެ. ބިރުދެއްކުން ހުއްޓައިލީ ކޮންމެ ޙާލަތެއްގައިވެސް ނަމާދުކުރާނެކަން އެނގުމުންނެވެ.  

މަޤާމުގައި ހުންނަން ބޭނުންނަމަ ދެން އެހެން ގޮތެއް ނެތުމުން ގައިދުރުކޮށް ނަމާދުކުރަން އިއުލާނުކުރީ ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ އިޖުމާޢުވެސް އެކަމަށް ނެތި ޚުދުމުޚުތާރު ގޮތެއްގައެވެ. ރަމަޟާން މަހުގެ ފަހުދުވަހު މިސްކިތްތަކުގައި ބޮޑުތަޅު އެޅުވީ އެންމެކުޑަމިނުން ރައީސުލްޖުމްހޫރިއްޔާއަށް ދަންވައިލުމެއްވެސް ނެތި ޚުދުމުޚުތާރު ގޮތެއްގައެވެ.  

ވީމާ މިހުރިހާ ކަމަކުން ވެސް އެނގިގެންދަނީ އެޗްޕީއޭއިން ނާޗަރަންގީ ޝޯ އާއި ނައިޓްމާކެޓް ބޭއްވިއަ ނުދިނުމުގެ ރޫޙުވެސް އެޗްޕީއޭގައި ނެތްކަމެވެ. ނާޗަރަންގީ ޝޯގައި ގައިދުރުކޮށް ތިބޭކަށް އިލްތިމާސެއް ނުކުރެއެވެ. ނައިޓްމާކެޓްގައި ތޮއްޖެހިފައި އޮތް އިރަކު އަޅައިވެސް ނުލައެވެ. ނައިޓް މާކެޓް ކުރިއަށްދަނިކޮށްވެސް އެންގީ މިސްކިތަށްދާއިރު ފެންނަ މީހުންނާ ވާހަކަ ވެސް ނުދެއްކުމަށެވެ. 

ވީމާ ހަމަ ތަކުރާރުކޮށްލަން ޖެހެނީ ހަމަ މިއާޔަތެވެ!  

"މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލު ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަވުމަށްޓަކައެވެ." (އައްރޫމް: 41)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް