އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުއްދަނޫން ބާވަތެއް ހުރި ސޯހެއް އެތެރެކުރެވުނީ ލޭބަލްގަ ލިޔެފަވާގޮތުން އެރި އޮޅުމަކުން!: އެމްޔޫ ސްޓޯރު

ހުއްދަނޫން ބާވަތެއް ހުރި ސޯހެއް އެތެރެކުރެވުނީ ލޭބަލްގަ ލިޔެފަވާގޮތުން އެރި އޮޅުމަކުން!: އެމްޔޫ ސްޓޯރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ބާޒާރުގެ އެންމެ މަޝްހޫރު އެންމެ ގިނަދުވަސްވީ ފިހާރަތަކުގެ ތެރޭގައި ހިމެނޭ އެމްޔޫސްޓޯރަށް ހުއްދަނޫން ބާވަތެއް ހުރި ސޯހެއް އެތެރެކުރެވުނީ ލޭބަލްގަ ލިޔެފަވާގޮތުން އެރި އޮޅުމަކުން ކަމަށް އެފިހާރައިން ބުނެފިއެވެ. 

އެފިހާރައިން މިއަދުނޫހަށް މައުލޫމާތުދެމުން ބުނީ ސޯސްފުޅީގެ ބޭރުގައި އިންގްރިޑިއަންޓްސްތައް ލިޔެފައި ހުރިއިރު ސްޕެލިންގއަށް ބަދަލުގެނެސްގެން ލިޔެފަ ހުރުމުން އޮޅުން އެރީކަމަށެވެ. "އެތެރެކުރެވުނު ފަހުން ވެބްސައިޓަށް ވަދެގެން ބެލިބެލުމުން އެކަން އެނގުނީ. އެހިސާބުން އަޅުގަނޑުމެންވާނީ އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފަ." 

އެމްޔޫސްޓޯރަކީ ގިނަ ބައަކު އެންމެ އިތުބާރާއިއެކު ވިޔަފާރިކުރަމުން އަންނަ އަދި ބާޒާރުގައި އެންމެ ގިނަ ދުވަސްވީ އެއްފިހާރައެވެ. 

މިކަމާއި ގުޅިގެން އެމްޔޫސްޓޯރުން ނެރުނު ނޫސްބަޔާން: 

އަޅުގަނޑުމެން ރާއްޖެއަށް ގެންނަ ޕްރޮޑަކްޓްސްތަކުގެ ތެރެއިން، ދާދިފަހުން އަލަށް ގެނައި އެއް ބާއްވަތެއް ކަމުގައިވާ "ކެމްޕާގްނާ ބޮލޮގްނައިސް ސޯސް" އުފެއްދުމަށް ބޭނުންކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ހަލާލު ނޫން މާއްދާއެއް ކޮންމެވެސް ވަރަކަށް ބޭނުން ކޮށްފައިވާކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބުމާއިއެކު އެކަން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފައިވާނެއެވެ. 

އަދި މިދެންނެވި ޕްރޮޑަކްޓް ވިއްކުން ވަގުތުން ހުއްޓާލައި އަޅުގަނޑުމެންގެ މުދާހަރުތަކުން މިއައިޓަމް ނާގައި އަދި އަޅުގަނޑުމެން އަތުން މި ޕްރޮޑަކްޓް ގަނެފައިވާ ރީޓޭލަރުންގެ ފިހާރަތަކުން ވެސް މި އައިޓަމް ނެގުމަށް އަންގައި އެފަރާތްތަކަށް ރިފަންޑް ދިނުމުގެ މަސައްކަތް ކުރިޔަށްދާ ވާހަކަ ދަންނަވާލަމެވެ.  

އަޅުގަނޑުމެންގެ އެންމެހައި ލޮބުވެތި ކަސްޓާމަރުންނާއި މިޕްރޮޑަކްޓް ގަނެފައިވާ އެންމެހައި ބޭފުޅުންގެ ފަރާތުން މިކަމުގައި ނިހާޔަތަށް މަޢާފަށް އެދެމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް