އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު
ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އަބަދުވެސް އުޅެންޖެހިފައި މިވަނީ ބޮޑެތި ބަލިތަކެއްގައެވެ. ކޮވިޑް އިންތިހާއަށް ފެތުރެނީއެވެ. ބަނޑުގެ ބަލިތައް ގިނަވެއްޖެއެވެ. ތަފާތު ރޯގާތައް ޢާންމުވެ ފެތުރެނީއެވެ. ކެންސަރާއި ހަކުރުބައްޔާއި ކިޑްނީގެ ބަލިތައް ބާރުމިނުގައި އިތުރުވަމުންދަނީއެވެ.
ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލި އަޅުވެތިކަމެއްގެ ތެރެއަށް ވެއްޓެމުންދަނީއެވެ. ކުރިން އަޑުއިވެނީ މީހުންގެ ގައިގައި ކަސްތޮޅުއަޅުވާ ވާހަކައެވެ. މިހާރު މިފެންނަނީ ޤައުމުގައި ކަސްތޮޅު އެޅުވޭތަނެވެ.
އެންމެ ބޮޑަށް ހިތާމަކުރަންޖެހިފައިވަނީ ދިނީ އެއްބައިވަންތަކަން ގެއްލިގެންދާތީއެވެ. ދިވެހިންނަކީ 900 އަހަރާއި ގާތަށް އިސްލާމް ދީންމަތީގައި ސާބިތުވެ ތިބި ބައެކެވެ. ނަމަވެސް މިއަދު މިފެންނަނީ އެކަންވެސް ނެތިގެންދާތަނެވެ.
އާއަހަރު ފާހަގަކުރުމުގެ ނަމުގައި އެތައްހާސް ބައަކު އެއްކޮށްގެން ނާޗަރަންގީ ކުޅުވީ އެބުނާ އެމިކްރޮންގެ ނުރައްކާ ކުރިމަތިވެފައިވަނިކޮށެވެ. ޖެހިގެން އައި ދުވަހުން ފެށިގެން ދައްކަންފެށީ އެބުނާ ބަލި އިތުރުވާ ވާހަކައެވެ. މިއަދު އެދިން އިންޒާރަކީ ދުވާލަކު އެތައް ހާސް ބައަކު ބައްޔަށް ޕޮޒިޓިވްވެދާނެ ކަމުގެ އިންޒާރެވެ.
ސުވާލަކީ އަދިވެސް މިއާޔަތާއިމެދު ވިސްނާލަން ނުވަނީތޯއެވެ؟
"މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލު ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަވުމަށްޓަކައެވެ." (އައްރޫމް: 41)
ޑޜ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ މިއާޔަތަށް ވިސްނަން އިލްތިމާސްކުރައްވައިފައެވެ.
Advertisement
11 ޖެނުއަރީ 2022