އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު
އަށާރަ އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒު ޖަހެހުން ހޮނިހިރު ދުވަހު ފަށަން އެޗްޕިއޭއިން ނިންމައިފިއެވެ.
މިކަމާގުޅިގެން އެޗްޕިއޭއިން ބުނެފައިވަނީ ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ހޮނިހިރު ދުވަހުން ފެށިގެން ޖަހައިދެވޭނެ ކަމަށެވެ.
ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށް މާލެ ސަރަހައްދުގައި mv.gov.hpa.book އިން އެޕޮއިންޓް ހެދޭނެއެވެ.
މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށްސަތޭކައިން މަތިވެފައެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 413 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 249 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 92 މީހެކެވެ. މިއަދު ޖުމްލަ ޕޮޒިޓިވްވީ 816 މީހުންނެވެ.
Advertisement
13 ޖެނުއަރީ 2022