އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާސަންދައާއެކު އުފުލި ބޭހުގެ އަގުތައް އަތްނުފޯރާފަށުގަ! އަޅާލާނެފަރާތެއް ނެތް!

އާސަންދައާއެކު އުފުލި ބޭހުގެ އަގުތައް އަތްނުފޯރާފަށުގަ! އަޅާލާނެފަރާތެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

"ވައިގެ އުނދަގުލަށް ބޭނުންކުރާ އެނޯ ސޯލްޓް ޕެކެޓެއް ގަންނަން ބޭނުންވެގެން އަގުއަހައިލުމުން 5 ރުފިޔާއިން ދަށްވާނެ ގޮތެއް ނުވިއެވެ. ނަމަވެސް އެއީ ޢާންމުކޮށް ބޮޑުވެގެން 3 ރުފިޔާއަށް ގަންނަން ލިބޭ އެއްޗެކެވެ. އެހެންވެ އަގުއަހަމުންގޮސް އޭޑީކޭ ފާމަސީއަށް ވަނުމުން 12 ޕެކެޓުގެ ފޮށްޓެއް 28 ރުފިޔާއަށް ލިބުނެވެ. އެއީ ޕެކެޓަކަށް 50/2 އެވެ.

ސޯސަންމަގު އޭޑީކޭ ހޮސްޕިޓަލް ކުރިމަތީ ފާމަސީތަކުން މިކަން ޔަޤީންކޮށްލައްވާށެވެ! 

ބައެއް ބޭސްތައް އަގު އުފުލާފައިވާވަރުން ގޮޅައެއްގެ އަގުން 10 ރުފިޔާ ބޮޑުކޮށްވެސް އެބަ ވިއްކައެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. މިކަމެއް ޖެހިގެން މިއުޅެނީ އާސަންދަ ތަޢާރަފްވި ފަހުންނެވެ. އެއްބަސްވެފައިވާ އަގުގެ ނަމުގައި ބޭނުން އަގަކަށް ބިލްހެދޭތީއެވެ. 

އާސަންދަ މިލިބެނީ ޑޮކްޓަރަށް ދައްކައިގެންނެވެ. 20 ރުފިޔާއަށް ގަންނަން ލިބޭ ބޭހެއް ހޯދަން 200 ރުފިޔާ ޚަރަދުކޮށްފައި ޑޮކްޓަރަށް ދައްކައިގެން ބޭސްސިޓީއެއް ހޯދަންޖެހުމަކީ ދެކޮޅުޖެހޭނެ ކަމެއް ހެއްޔެވެ؟ މިހިސާބަށް ކަންކަންދާއިރުވެސް އަޅައިލާ އެއްވެސް ފަރާތެއް ނުފެނެއެވެ."

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް