އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޓީ ކައުންސިލުން ބޭނުންވަނީ މައްޗަންގޮޅި ރައްޔިތުންގެ ޚިޔާލު ހޯދާފަ ޢަރަބިއްޔާއަޅާނެ ރަނގަޅު ބިމެއް ސަރުކާރަށް ހުށަހަޅަން: މޭޔަރ ޑރ. މުޢިއްޒު

ސިޓީ ކައުންސިލުން ބޭނުންވަނީ މައްޗަންގޮޅި ރައްޔިތުންގެ ޚިޔާލު ހޯދާފަ ޢަރަބިއްޔާއަޅާނެ ރަނގަޅު ބިމެއް ސަރުކާރަށް ހުށަހަޅަން: މޭޔަރ ޑރ. މުޢިއްޒު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ޢަރަބިއްޔާ ސްކޫލް ޢިމާރާތް ކުރަން ވީހާ ރަނގަޅު ބިމެއް ސަރުކާރަށް ހުށަހަޅަން ސިޓީ ކައުންސިލުން ބޭނުންވާ ކަމަށާއި ސިޓީ ކައުންސިލުން ބޭނުންވަނީ މައްޗަންގޮޅި ރައްޔިތުންގެ ޚިޔާލު ހޯދާފައި ޢަރަބިއްޔާއަޅާނެ ރަނގަޅު ބިމެއް ސަރުކާރަށް ހުށަހަޅަން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދުނޫހަސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ބައު ޖަމާލުއްދީން ސްކޫލް ހުރި ސަރަހައްދަކީ މިހާރުވެސް ވަރަށް ބޮޑަށް މަގުތައް ތޮއްޖެހޭ ސަރަހައްދަކަށްވުމުން އެބިމުގައި ބޮޑު އިމާރާތެއް އަޅައި މަގުިތައް ތޮއްޖެހޭނެ ގޮތްވުމަށް މައްޗަންގޮޅީގެ ރައްޔިތުން ބޭނުން ނުވާކަން ރައްޔިތުންނާއި ބައްދަލުކުރިއިރު ރައްޔިތުން ހާމަކޮށްފައިވާ ކަމަށެވެ. އަދި އެބިމުގައި ޢަރަބިއްޔާ ސްކޫލް އަޅަން ރައީސް އިބްރާހީމް ޞާލިޙް އިޢުލާނުކުރެއްވީ ސިޓީ ކައުންސިލާއި އެއްވެސް ވަރަކަށް މަޝްވަރާނުކުރައްވާ ކަމަށެވެ. 

"އަޅުގަނޑު ބޭނުން ޢަރަބިއްޔާ ސްކޫލަށް ވީހާ ރަނގަޅު ބިމެއް ހަމަޖައްސައިދޭން. ޢަރަބިއްޔާގެ އިމާރާތުން ދަރިވަރުންނެރެންޖެހި ނިކަމެތިވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް. އެކަމުގައި އަޅުގަނޑު މިހުރީ ހަމަ ޢަރަބިއްޔާގެ ބެލެނިވެރިންނާއިއެކު." ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

ޑރ. ޞާލިޙް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބައުޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ޢަރަބިއްޔާ ސްކޫލަށް ފެންވަރު ރަނގަޅު ޢިމާރާތެއް އަޅުއްވައި ދެއްވާނެ ކަމަށްވިދާޅުވެފައެވެ. 

މާލެސިޓީ ކައުންސިލުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނު ހިސާބުން ސިޓީ ކައުންސިލާއި ސަރުކާރާއި އޮންނަންޖެހޭ ގުޅުން ނެތިގޮސްފައިވާކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު