އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޮނަދޫ ދާއިރާގެ މެންބަރު އިސްތިޢްފާދެއްވައިފިނަމަ މާމެންދޫން ގަމަށް ބްރިޖެއް އެޅިދާނެ ކަމުގެ އުންމީދު ބޮޑު!

ފޮނަދޫ ދާއިރާގެ މެންބަރު އިސްތިޢްފާދެއްވައިފިނަމަ މާމެންދޫން ގަމަށް ބްރިޖެއް އެޅިދާނެ ކަމުގެ އުންމީދު ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ކޮމަންޑޫ ދާއިރާ ކުއްލިއަކަށް 100 ގުނައަށް ތަރައްޤީވުމުގެ ކަންކަން ކުއްލިއަކަށް ހަމަޖެހިގެން މިދިއައީ އަދި ކުއްލިއަކަށް ރަށްރަށުން ގޯތިވެސް ލިބެން މިއުޅެނީ ދާއިރާގެ މެންބަރު ނިޔާވުމާއި ގުޅިގެންނެވެ. 

ހުރިހާ ދާއިރާތަކެއްވެސް ބޭނުންވާނީ އެފެންވަރަށް ތަރައްޤީވުމަށެވެ. ވީމާ މެންބަރުންގެ ކިބައިގައި ދާއިރާގެ ތަރައްޤީއަށް ލޯބިހުރިނަމަ މެންބަރުކަމުން އިސްތިއުފާ ދެއްވައި ބައި އިލްކެޝަނަކަށް ފުރުޞަތު ދެއްވައިފިނަމަ އެއީ ދާއިރާގެ ރައްޔިތުންނަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމަކަށްވާނެއެވެ. 

ހައްދުންމަތި މާމެންދޫ ބައެއް ރައްޔިތުން ބުނަނީ އެރަށް ހިމެނޭ ފޮނަދޫ ދާއިރާގެ މެންބަރު މިވަގުތު އިސްތިޢްފާ ދެއްވައިފިނަމަ މާމެންދޫން ގަމަށް ބްރިޖެއް އެޅުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެން މިހެން މިބުނަނީ މެންބަރު ގޯސްވެގެނެއް ނޫން. ނަމަވެސް ބައިއިލެކްޝަން ބާއްވަން ލިބުމަކީ މިބާވަތުގެ ބޮޑެތި ތަރައްޤީ ރަށްތަކަށް ލިބޭ ކަމަކަށްވާތަން ފެންނާތީ. މާމެންދޫ ރައްޔިތުންނަށް އެންމެ ބޮޑު އެއް ދަތިކަމަކީ ރަށުން އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ފަރުވާ ލިބެންނެތުމުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ދާންޖެހޭތީ. ބްރިޖެއް އަޅައިލެވުނީމާ އެކަން ޙައްލުކުރެވޭނެ." ކަމަށް އެމީހުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް