އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމޫނުގެވެރިންނަކީ ނަރަކައިގެ އެންމެ އަޑީގަ އަނދާނެ ބައެއް!

ދެމޫނުގެވެރިންނަކީ ނަރަކައިގެ އެންމެ އަޑީގަ އަނދާނެ ބައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ދެމޫނުގެ ވެރިނަނަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ދެމޫނުގެ ވެރިން ކިޔައި އުޅެނީ އެއްކަމެއްގައި އެކިފަހަރު، އެކިމީހުންގެ ގާތުގައި، އެކި ތަންތަނުގައި ތަފާތުކޮށް ވާހަކަދައްކާ މީޙުންނަށެވެ. އެއީ މުނާފިޤުންގެ ތެރެއިން ހިމެނިގެންވާ ބައެކެވެ. 

އެފަދަ މީހުންގެ ދުލާއި ޤަލަމަކު އެއްވެސް ބުރަދަނެއް ނުހުންނާނެއެވެ. މާނައަކީ އެމީހުން ދައްކާ ވާހަކައިގައި އެއްވެސް މިޞްރާބެއް ނުހުންނާނެއެވެ. އަދި އޮށްޓަރެއްވެސް ނުހުންނާނެއެވެ. އެފަހަރަކު ބޭނުންވާ ގޮތަކަށް ކަންކަން އަނބުރައިގެން ވާހަކަދައްކާނެއެވެ. 

މިފަދަ މީހުން ދީނުގެ ވާހަކައެއް ދެއްކިނަމަވެސް ޤުރްއާނާއި ޙަދީޘަށް ރިޢާޔަތްކުރުމުގެ ބަދަލުގައި ނެރޭނީ އަމިއްލަ ޙުކުމްތަކެވެ. ރިޢާޔަތް ކުރާނީ ކޮންމެވެސް މީހަކު ބުނެފައިވާ ބަސްތަކަށެވެ. ކޮންމެވެސް ބޭކަލަކަސް ފެނިލެއްވި ހުވަފެން ފަދަ ކަންކަމަށެވެ. 

މީސްތަކުންނޭވެ! ސުވަރުގޭގައި މީހާގެ ދަރަޖަ މަތިވެރިވުމުން އުފުއްލަވަނީ މަތީ ކަޅިވައްތަކަށެވެ. ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބު ލިބޭނެ ބައަކީ އެންމެ އަޑީ ވަތްގަނޑޫތަކުގައި ތިބޭ މީހުންނެވެ. މުނާފިޤުންވާހުށީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައި އެންމެ ގަދަފަދަ ޢަޛާބުގައެވެ. އެބައިމީޙުންނަށް އެއްވެސް އެހީތެރިއަކު ނުވެއެވެ. ނުވެސްވާނެއެވެ. 

Verily, the hypocrites will be in the lowest depth (grade) of the Fire; no helper will you find for the

[al-Nisaa’ 4:145] 

ކަންއޮތީ މިމަގުންނެވެ. ވީމާ ތިމާއަށް ކިތަންމެ ބޮޑު މަންފާއެއް ކުރާނެ ކަމެއްގައިވެސް ދެމޫނުގެ ވެރިއަކަށް ނުވާށެވެ! 

ގުޅުންހުރި ލިޔުމެއް: 

https://islamqa.info/en/answers/12387/the-danger-of-hypocrisy

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް