އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެނަމާދުދޭތެރެއާއެކު އަލިފުށީގަ ސަރުކާރުން ބޯޅަމަޖާ ނެގިތާ 4 ދުވަސް – 7 މީހުން ޕޮޒިޓިވް!

ދެނަމާދުދޭތެރެއާއެކު އަލިފުށީގަ ސަރުކާރުން ބޯޅަމަޖާ ނެގިތާ 4 ދުވަސް – 7 މީހުން ޕޮޒިޓިވް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މީގެ 4 ދުވަސްކުރިން ފެނިގެން ދިއައީ ނައިބްރައީސް އާއި ޔޫތް މިނިސްޓަރާއި އަދިވެސް ގިނަ ޢަދަދެއްގެ ޢާންމުރައްޔިތުން ރ. އަލިފުށްޓަށް ޖަމާވެ އެދުވަހުގެ ދެނަމާދުދޭތެރެއާއިއކު ފުޓްބޯޅަމަޖާ ނެގިތަނެވެ. ޓީވީތަކުން ފެނުނު މަންޒަރަށް ބަލާއިރު އެރޭ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމާޢަތުގައި ކުރި މީހަކު އެރޭ އެރަށުގައި ފުޓްބޯޅަ ފޯރި ނެގި މީހުންގެ  ތެރޭގައި މަދުވާނެއެވެ. 

އަލިފުށިނަ މައުލޫމާށތު ދިން މީހަކު ބުނީ މުބާރާތް ކުޅުނުއިރު ޕޮޒިޓިވްވެފައި ތިބީ 2،3 މީހަކު ކަމަށާއި މިހާރު 7 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

ކޮވިޑުގެ ބިޔަރާޅުވެސް ބޯމައްޗަށް ބިންދާލާފައި މިވަނީ އާއަހަރާ ދިމާކޮށް އެތައް ހާ ބައަކު އެއކޮށް ސަރުކާރުން ނާޗަރަންގީ ކުޅުނު ފަހުންނެވެ. އެރޭ ނާޗަރަންގީއަށް ދިއަ ޒުވާނުންގެ އަދަދު ގިނަވެގެން ފަޚުރުވެރިވެ ތްވީޓޫތައް ކުރި ޝައިޠޯނީ އެޖެންޓުންތައް ކޮވިޑް ރަނގަޅަސް ފަތުރާފައި މިހާރުވަނީ ފިލައިފައެވެ. 

ސަރުކާރުގެ ސިޔާސަތު މިފެންނަނީ ކޮވިޑް ނުފެންނަ ރަށްތަކަށްވެސް ފަތުރަން ކުރެވެން ހުރި ހުރިހާ ކަންކަން ކުރަމުން ގެންދާ ގޮތަކަށެވެ! ދީނުގެ ކަންކަމަށް ޙުރުމަތް ކަނޑަން ލިބޭ ކޮންމެ ފުރުޞަތެއްގައި އެކަން ކުރެވޭތޯވެސް ބަލަމުން ގެންދާ ތަނެވެ. 

ޢަރަފާތު ދުވަސް ކަނޑައަޅުއްވައި އެދުވަހު ޢަރަފާތު ބިމުގައި ނެތް މީހަކަށް އެއަހަރުގެ ހައްޖު ނުލިބޭނެ އުޞޫލުން ސަރުކާރުން ވަކި ދުވަހަކު ކުރަން ބޭނުންވާ ކަންކަން ކޮރޯނާއަށް ބަލައިލުމެއް ނެތި ކުރަމުން ގެންދާ ކަމުގެ ނަތީޖާ ފެންނަމުން މިދަނީ ބިރުވެރިގޮތަކަށްކަން ގިނަ ބައަކު ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް