އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވާނެކަން ހާމަކުރައްވައިފި

ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވާނެކަން ހާމަކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވާނެކަން ހާމަކުރައްވައިފިއެވެ. އެކަމާއި ގުޅިގެން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް މިނޭ ވަނީ ކާނަލް ނާޒިމަށް މަރުޙަބާ ވިދާޅުވެފައެވެ.

 

ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ ރައްޔިތުންގެ ގިނަ ބައަކު ދަނީ ޖޭޕީ ޢާއި ގުޅެމުން ކަމަށާއި ޤައުމުގައި އިސްކޮށް ތިއްބަވާ ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަންނަވަމުން ގެންދަވާތީ އުފާފުޅު ކުރައްވާ ކަމަށެވެ. "ތަޖުރިބާހުރި، ޤާބިލް ތައުލީމީ ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީ އާއި ގުޅިވަޑައިގަންނަވަމުންދާކަން އެއީ ޕާޓީއަށް ލިބެމުން އަންނަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެމަނިކުފާނު އަމިއްލަފުޅަށް އެކަން އިއުލާނު ކުރެއވީތީ އަޅުގަނޑުވެސް މިހިރީ ވަރަށް އުފަލުން. ހިތްހަމަޖެހިގެން. ﷲ ތަޢާލާއަށް ޙަމްދުކުރާ ހާލުގައި އަޅުގަނޑުމެން މިތިބީ އިންތިޚާބީ ރައީސް އާއި އަތާއި އަތް ގުޅާލައިގެން ކުރިއަށްދާން ތައްޔާރަށް."

 

 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނާއި ޖޭޕީ އޮތީ ޤައުމުގެ ތަރައްޤީއަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ ތަންފުކެއްވެސް ފަހަތަށް ނުޖެހި އިންތިޚާބީ ރައީސް އާއިއެކު ކުރިއަށްދާން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ. "5 އަހަރުގެ ދަތުރަކީ އަމާން ދަތުރަކަށް ހެދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އަޅުގަނޑާއި ޢާއިލާ މިތިބީ އިންތިޚާބީ ރައީސަށް ފުރިހަމަ އެއްބާރުލުން އަރުވަން ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އެމަނިކުފާނަށް އަރުވަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް