އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ 7: ރަސޫލާ ޞޢޥ ގެ އަޅެއްކަމަށް ބުނުމުން ކުރިމަތީގަ އޮވެ މަގުދައްކައިދެމުން ހިނގި ސިންގާގެ ވާހަކަ-

އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ 7: ރަސޫލާ ޞޢޥ ގެ އަޅެއްކަމަށް ބުނުމުން ކުރިމަތީގަ އޮވެ މަގުދައްކައިދެމުން ހިނގި ސިންގާގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އަޅުން މިނިވަން ކުރެއްވުމަށް أمّ المؤمنين أمّ سلمة رضى اللّـه عنــها  ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވެވިއެވެ.  سفينة އަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها  މިނިވަންކުރެއްވި އަޅެކެވެ. އެކަމަނާ سفينة މިނިވަންކުރެއްވުމާ ގުޅޭ ގޮތުން ޚުދު سفينة ވިދާޅުވެފައިވެއެވެ.

އަހަރެންނަކީ أمّ سلمة ގެ އަޅެކެވެ. އެކަމަނާ އެއްދުވަހަކު އަހަރެންގެ ގާތުގައި ވިދާޅުވިއެވެ. [އަހަރެން ކަލޭ މިނިވަންކުރާނަމެވެ. ނަމަވެސް ޝަރުތަކާއެކުގައެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ދުނިޔޭގައި ހުންނެވިހާ ދުވަހަކު އެކަލޭގެފާނަށް ޚިދުމަތްކުރާ މަތިންނެވެ.]

سفينة އެކަމަނާއަށް ދެންނެވިއެވެ. [ކަމަނާ އަޅުގަނޑަށް ތިޔަ ޝަރުތު ނުކުރިކަމުގައި ވިޔަސް އަޅުގަނޑު ދިރިހުރިހާ ދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم ދޫކޮށެއް ނުލާނަމެވެ.] އޭގެފަހުން أمّ المؤمنين أمّ سلمة رضى اللّـه عنــها، سفينة މިނިވަން ކުރެއްވިއެވެ.

{ مشكاة المصابيح، كتاب العتق، باب إعتاق العبد المشترك وشراء القريب والعتق في المرض - الفصل الثاني، ޙަދީޘް ނަންބަރު 3398} 

سفينة رضى اللّـه عنــه އަށް ދިމާވި ވަރަށް އާދަޔާ ޚިލާފު ޙާދިޘާއެކެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ކޮންމެވެސް ކަމަކު سفينة، معاذ بن جبل رضى اللّـه عنــه ގެ އަރިހަށް ޔަމަނު ކަރައަށް ފޮނުއްވިއެވެ. سفينة ޔަމަނުކަރައަށް ވަޑައިގެންނެވި މަގުމަތީން މިނިކާވަގަކާ ދިމާވިއެވެ. އެހިނދު سفينة رضى اللّـه عنــه ވިދާޅުވިއެވެ.

[އަހަރެންނަކީ މާތް ގެ ރަސޫލާ صلّى اللّـه عليه وسلّم ގެ އަޅެކެވެ. އަހަރެން މިދަނީ އެކަލޭގެފާނުގެ ސިޓީފުޅެއް ހިފައިގެން ޔަމަނުކަރައަށެވެ.]

سفينة رضى اللّـه عنــه މިހެން ވިދާޅުވުމުން ސިންގާ ހުއްޓި سفينة ގެ ކުރިން ހިނގަންފަށައިފިއެވެ. އެގޮތުގައި އެސޮރު ހިނގަމުންގޮސް ޔަމަނު ކަރައަށް ދާނެ ރަނގަޅު މަގު سفينة رضى اللّـه عنــه އަށް ދައްކައިދީފިއެވެ. މިއީ ވަރަށް މަޝްހޫރު ވާހަކައެކެވެ. މިވާހަކަ މަޖުމަޢުއް ޒަވާއިދުގަޔާއި، ޢަބޫ ނުޢައިމްގެ ޙިލްޔަތުލް އައުލިޔާއުގަޔާއި، މުސްތަދުރަކުގައި ބަޔާންކުރައްވައިފައިވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު