އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ހަފްތާއަކު 23 ޖީބީގެ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ކޮންމެ ހަފްތާއަކު 23 ޖީބީގެ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކޮންމެ ހަފްތާއަކު 23 ޖީބީގެ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ މިއީ "ސަޅި ޕްރިޕެއިޑް" ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 23 ޖީބީގެ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަންގެ ދަށުން ސަޅި ވީކްލީ ޕްލޭން އެކްޓިވޭޓު ކުރުމުން ހަފްތާ ބަންދު ތެރޭގައި ދިރާގުގެ "ސަޅި ޕްރިޕެއިޑް" ކަސްޓަމަރުންނަށާއި ދިރާގު ޕްރީޕެއިޑް ކޮމްބޯ ބޭނުންކުރާ ކަސްޓަމަރުން 3 ޖީބީ ޑެއިލީ ޑޭޓާ ނެގުމުން އިތުރު 2 ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެ ކަމަށެވެ.

މީގެއިތުރުން ހަފްތާ ބަންދުގައި ލިބޭ ސޯޝަލް މީޑިއާ ޑޭޓާގެ ތެރޭގައި ފޭސްބުކާއި، އިންސްޓަގްރާމާއި، ޓުވިޓާ އަދި ސްނެޕްޗެޓު ހިމެނެ އެވެ. އަދި "ސަޅި ވީކްލީ ޕްލޭން" އެކްޓިވޭޓުކުރާ ކަސްޓަމަރުންނަށް ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑުކޮށް ގުޅޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދުވާލަކަށް ލިބޭ 3 ޖީބީގެ ޑޭޓާ އާއި ސޯޝަލް މީޑިއާގެ 2 ޖީބީ ޑޭޓާއާ އެކު ޖުމްލަ 23 ޖީބީ ޑޭޓާ ކުޑަ އަގެއްގައި މުޅި ހަފްތާ އަށް ލިބެ އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު