އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޯގާއާ ގުޅިގެން ބަންދުކުރި 4 މީހަކު 2 މަސްދުވަހަށް 2 މީހަކު 5 ދުވަހަށް ބަންކޮށްފި

ޔޯގާއާ ގުޅިގެން ބަންދުކުރި 4 މީހަކު 2 މަސްދުވަހަށް 2 މީހަކު 5 ދުވަހަށް ބަންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

އިސްލާމިކް މިނިސްޓްރީން އެއްބާރުލުންދީގެން ޔޫތު މިނިސްޓްރީ އާ އިންޑިއާ ގުޅިގެން ގަލޮޅުދަނޑުދަނޑުގައި ހިންގި ޔޯގާ (ހިންދޫ، ބުދިސްޓް ކަލާނގެއާ ގުޅުން / މާނަ: ޑރ. ޒާކިރު ނައިކް) ޙަރަކާތުގެތެރެއިން ހަމަނުޖެހުން އުފެއްދި ކަމުގެ ތުހުމަތުގައި ފުލުހުން ބަންދުކުރި 6 މީހުންގެ ތެރެއިން 4 މީހަކު 2 މަސްދުވަހަށް 2 މީހަކު 5 ދުވަހަށް ބަންކޮށްފިއެވެ.

ޚަބަރު: ވީނިޔުސް:   

ބައިނަލްއަގްވާމީ ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ހެނދުނު މާލޭގައި ބޭއްވި ހަރަކާތަށް ހުރަސްއެޅުމުގެ ގޮތުން ގިނަ އާންމުންތަކެއް ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި 6 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް، އެ ހަމީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު)ގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ މި ހަރަކާތް ހުއްޓުވާފައެވެ. އަދި މިކަން ކުރުމުގެ ތެރެއިން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ވަނީ އިހުތިޖާޖުގެ ތެރެއިން 6 މީހަކު ހައްޔަރުކޮށްފައެވެ. މި މީހުންގެ ވަރަވު ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި، އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 60 ދުވަސް އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔޯގާ ޑޭގެ ހަރަކާތަކީ ގިނަ އަދަދެއްގެ އާންމުންނާއި، ރާއްޖޭގެ އެތައް އިލްމުވެރިންތަކެއް އެ ހަރަކާތް ނުބޭއްވުމަށް ގޮވާލާ، އަޑުއުފުލަމުން ދަނިކޮށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ނުބޭއްވުމަށް އެފަރާތްތަކުން އަޑު އުފުލާފައިވަނީ މިއީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ކަމެއް ކަމަށް ބުނެއެވެ.

ޔޯގާ ނުވަތަ ސަންސްކްރިތު ބަހުރުވައިން ނަމަ "ޔޯގް" އަކީ، ޖިސްމާނީ، ސަފްސާނީ އަދި ރޫހާނީ ހަމަޖެހުމަށްޓަކައި ކަމަށްބުނެ، ދުނިޔޭގެ އެކި ކަންކޮޅުގައި ކުރަމުން އަންނަ ކަސްރަތެކެވެ.

އެކި ވައްތަރުތަކުގެ ޔޯގާ ދުނިޔޭގެ އެކި ހިސާބުތަކުގައި "މެޑިކޭޝަން" އެއްގެ ގޮތުގައި ބޭނުންކުރާއިރު، މިއީ ގަދީމީ އިންޑިއާ އިން ވުޖޫދުވެގެން އައި ކަސްރަތުގެ ބާވަތެކެވެ. ހިންދުއިޒަމް، ބުދިޒަމް އަދި ޖެއިނިޒަމްގެ އުސޫލުތައް އުނގަންނައިދޭ އެކި މަދަރުސާތަކުގައި ޔޯގާގެ ތަފާތު އެކިއެކި ވައްތަރުތައް ކިޔަވައިދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް