އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު

ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް 3 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް 3 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެދިލެއްވުމުގެ މަތިން ފަނޑިޔާރުންނާއި، ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ޑިޕެންޑެންޓުން އަދި މައިން ބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ޚިދްމަތް 3 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، މިޚިދުމަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 30ޖޫން 2025 އިން 13 ޖުލައި 2025 އަށްބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00އަށް ، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

މި މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުކުރާނެ އެންމެހައި ލިޔެކިޔުންތައް 01ޖުލައި 2025 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިއިޢުލާނުގެ 3ވަނަ ޕޮއިންޓާއި އެއްގޮތަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވިކަމުގައި ވިޔަސް ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަނަށް ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެކަމަށް ޤާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް- ބީލަން ޕޯޓަލް ( https://beelan.finance.gov.mv/) މެދުވެރިކޮށް ކަމުގައި ވާތީ، ބީލަންވެރިން އެ ޕޯޓަލް އަށް ރަޖިސްޓަރީ ވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަމުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 170,550.00ރ (އެއް ލައްކަ ހަތްދިހަ ހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ(ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މިޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00:00ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00:00ގައެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 3349191, (960) 3349147, (960) 3349117 (960)

އީމެއިލް : [email protected]

ކޮޕީ : [email protected]

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު