އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އަމާންކަން ޤާއިމުކުރަން ކުރަންޖެހޭ 2 ކަންތައް ކުރުމުގެ ބާރުވެސް އޮތީ އަދާލަތު ޕާޓީއަށް! ނުކޮށް ތިބެ ޢިލްމުވެރިން ފަހަތުން ދުވީމާ ވާނީ އިތުރަށް ހޫނު!

ރާއްޖޭގެ އަމާންކަން ޤާއިމުކުރަން ކުރަންޖެހޭ 2 ކަންތައް ކުރުމުގެ ބާރުވެސް އޮތީ އަދާލަތު ޕާޓީއަށް! ނުކޮށް ތިބެ ޢިލްމުވެރިން ފަހަތުން ދުވީމާ ވާނީ އިތުރަށް ހޫނު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ރާއްޖޭގައި އަމާންކަން ޤާއިމުކުރަންޖެހޭ 2 ކަންތައް ކުރަންޖެހޭ 2 ކަންތައް ކުރުމުގެ ބާރުވެސް އޮތީ އަދާލަތު ޕާޓީއަށެވެ.

ފުރަތަމަ ކަމަކީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު ތަންފީޒުކުރުމާއިއެކު އިސްލާމް ދީން މަތިވެރިކުރުމާއި ދީނަށް މީސްތަކުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. 

ދެވަނަ ކަމަށް ކުރަންޖެހޭ ކަމަކީ ކުރާ އިސްލާމް ދީނާއި ޚިލާފް ކަންކަން ހުއްޓުވުމެވެ. އެކަންކަން ކުރާ މީހުންނަށް ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމެވެ. 

މި ދެކަންތައް ކުރަން ހުރި 2 މުއައްސަސާއަކީ އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއެވެ. އެ 2 މިނިސްޓްރީވެސް ހުރީ އަދާލަތު ޕާޓީގެ ބެލެނިވެރިކަމުގެދަށުގައެވެ. ފޭލްވެގެން މިއުޅެނީ އެ 2 މިނިސްޓްރީއެވެ. އަދާލަތު ޕާޓީއެވެ. 

ޢަދާލަތު ޕާޓީން ކެނޑިނޭޅި ބުނަމުން އަންނަނީ އެޕާޓީން އެދޭ ކަންކަން، ރައީސް ޞާލިޙްގެ ސަމާލުކަމަށް ގެންނަ ކަންކަން ރައީސް ޞާލިޙް ޤަބޫލުފުޅުކުރައްވައި އެދޭގޮތަށް ކަންކަން ކޮށްދެއްވަވާ ކަމަށެވެ. ވީމާ މި 2 މިނިސްޓްރީ ފޭލްވެ ޕެރެލައިޒްވެގެން މިއުޅެނީ ސަރުކާރުގެ ނުވަތަ ރައީސް ޞާލިޙްގެ ނުވަތަ އެމްޑީޕީގެ ސަބަބުންކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ. ރައީސް ޞާލިޙަށް ކޮންމެ ދުވަހަކު ބޭނުން ކޮންމެ ވަގުތަކު ބޭނުން ވާހަކައެއް ދެންނެވޭ ފެންވަރުގައި އަދާލަތު ޕާޓީގެ އިސްވެރިއަކު ރައީސް އޮފީހުގައި ބަހައްޓާފައި ހުރުމުން އެއްވެސް ކަމެއްގެ ވާހަކަ ނުދެންނެވިގެން އުޅެންޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

ވީމާ ގިނަ ބައަކު ބުނަނީ އަދާލަތު ޕާޓީން ހިންގާ 2 މިނިސްޓްރީން ކުރަންޖެހޭ ކަންކަން ނުކޮށް ތިބެ ޢިލްމުވެރިންގެ ބޮލުގައި ކަންކަން އަޅުވައި ޢިލްމުވެރިން ފަހަތުން ދުވީމާ ވާނީ އިތުރަށް ހޫނު ކަމަށެވެ. "ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިމާޔަތްދީ ފުރުވާލަނީ ކާކު؟ ފުލުހުންގެ ބެލެނިވެރި ހޯމް މިނިސްޓަރު ނޫންތޯ؟ ކޮންމެ ދުވަހަކުހެން ހިންގާ ދީނާ ޚިލާފް ކަންކަމުގެ މައްސަލަތައް ނުބަލަނީ ކާކު؟ އިސްލާމިކް މިނިސްޓަރު ނޫންތޯ؟" 

"އެ ދެ މިނިސްޓްރީ ނިދާފަ ތިއްބާ ދިވެހިން އިސްލާމް ދީނުން ބޭރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާތަން ބައްލަވަން ދީނީ ޢިލްމުވެރިންނެއް ނުތިއްބަވާނެ! އެގޮތަކަށް ނޫން ﷲ އަނގަވާފަ އޮތީ! އަމިއްލައަށް ފޭލްވީމާ ދީނީ ޢިލްމުވެރިންގެ ބޮލުގަ ކަންކަން އަޅުވަނީ! އެހަދަނީ ހެދޭނެ އެންމެ ބޮޑު ގޯސް! ﷲ ގެ ރުހިވޮޑިގަތުމެއް ނުލިބޭނެ އެގޮތަށް ކަންތައްތައް ކޮށްގެނެއް!" ގިނަ ބައަކު ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް