އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަދާލަތު ޕާޓީގަ ޢަދާލަތުކަން އޮތްއިރު ދީނީ ޢީލްމުވެރިންނަށް ސަރުކާރުން ދޭން މަސައްކަތްކުރި އަނިޔާތަކުން ޢިލްމުވެރިން ސަލާމަތްކުރި!

ޢަދާލަތު ޕާޓީގަ ޢަދާލަތުކަން އޮތްއިރު ދީނީ ޢީލްމުވެރިންނަށް ސަރުކާރުން ދޭން މަސައްކަތްކުރި އަނިޔާތަކުން ޢިލްމުވެރިން ސަލާމަތްކުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

މިހާރު ގޮވާލާ ޕާޓީއަކަށްވެފައިވާ ޢަދާލަތު ޕާޓީގައި ޢަދާލަތުކަން އޮތްއިރު ދީނީ ޢީލްމުވެރިންނަށް ސަރުކާރުން ދޭން މަސައްކަތްކުރި އަނިޔާތަކުން ޢިލްމުވެރިން ސަލާމަތްކުރިކަން އެއީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. 

އެކަމުގެ އެންމެ ސާފު އެއް ހެއްކަކީ ޝައިޚް ފަރީދުގެ މައްޗަށް ރައީސް މައުމޫނުގެ ވެރިކަމުގައި އުފުލި ދަޢުވާއެވެ. އެ މައްސަލައިގައި ޙުކުމް ނުކުރެވި އޮއްވައި ރައީސް މައުމޫނުގެ ވެރިކަން ﷲ ނިމުމަކަށް ގެންނެވިއެވެ. އަދި އެ މައްސަލަ އޭޖީ ތެރޭގައި ދެކޮޅަށް ދުވެދުވެ އޮއްވައި ރައީސް ނަޝީދުގެ ވެރިކަންވެސް ﷲ ނިމުމަކަށް ގެންނެވިއެވެ. 

ދެން ފެށުނީ ޢަދާލަތު ޕާޓީއަށް އިސްލާމިކް މިނިސްޓްރީ ހިންގުމުގެ ބާރު ލިބިގެން ހިންގުނު ރައީސް ވަޙީދުގެ ވެރިކަމެވެ. އެވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެމަނިކުފާނަށް ވަޒީރުކަން ލިބިވަޑައިގަތުމާއިއެކު ފުލުހުންނާއި އެޓޯނީ ޖެނެރަލަށް އެތައްވަރަކަށް ޕްރެޝަރުކުރައްވައިގެން އެ މައްސަލައިގައި ދަޢުވާކުރުން ހުއްޓުވިއެވެ. މުއައްސަސާތަކަށް ވަޑައިގަންނަވަމުން ގެންދެވީވެސް ސީދާ އެމަނިކުފާނެވެ. ޑރ. ޝަހީމް އެމަސައްކަތްކުރެއްވީ ވަރަށް ސާބިތުކަމާއިއެކުގައެވެ. އެއިރު ޢަދާލަތު ޕާޓީގައިވެސް ސާބިތުކަން އޮތުމުންނެވެ. 

މިއަދު 2 ޝައިޚުން ބަންދުކޮށް އަނިޔާދެމުން ގެންދާއިރު ޢަދާލަތު ޕާޓީއަށް 2 ޝައިޚުންގެ ދިފާޢުގައި ކުރެވޭ މަސައްކަތެއް ނުފެނެއެވެ. އަދާލަތު ޕާޓީގެ ރައީސް ވިދާޅުވާނީ ގޮންޖެހުންތައް ގިނަ ކަމަށެވެ. އެއީ ކޮންކަހަލަ ގޮންޖެހުންތަކެއްކަން އޮތީ ސިއްރުކުރެވިފައެވެ. ޢަދާލަތު ޕާޓީން މިހާރުގެ ސަރުކާރަށް ތާއީދުކޮށް އެމްޑީޕީ ބޭނުންވާ އެމްޑީޕީއަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދެމުން ގެންދަނީ ޢަދާލަތު ޕާޓީން އެދޭ ކަންކަން ސަރުކާރުން ކޮށްދޭތީކަމަށް އެޕާޓީން ބުނަމުން ގެންދާތީ ޝައިޚް އިމްރާނަށް އޮތް ގޮންޖެހުމަކީ ކޮބައިކަން ދިރާސާކުރަން މިވަނީ ކޮމިޝަނެއް އުފައްދަން ޖެހިފައެވެ. 

އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވަނީ އެޕާޓީއަކީ ސަރުކާރު ކޯލިޝަނުގައި އޮތް ޕާޓީއަކަށްވާތީ އިންތަކެއްގެ ތެރެއިން ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. ސުވާލަކީ ޑރ. ވަޙީދުގެ ވެރިކަމުގައި ޑރ. ޝަހީމް އެކަންކަން ކުރެއްވިއިރު އަދާލަތު ޕާޓީ އޮތީ ސަރުކާރު ކޯލިޝަނަކު ނޫންތޯއެވެ؟ އެއިރު ނެތް އިމެއް މިހާރު އޮވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ 

ފެންނަމުން މިދާ ކަންކަމަކީ އެކަންކަމަށް ރައްޔިތުން ވިސްނަން ޖެހޭ ކަންކަމެވެ. އަދ އިންވެސް އިޒްރޭލަށް ގޮވާލުންތައް ގޮވާލައެވެ. ގޮވާލަނީ އެގޮވާލުންތަކަށް އިޒްރޭލުން ޢަމަލުކުރަން ނުޖެހޭ ގޮތަށެވެ. މިއަދު އަދާލަތު ޕާޓީގެ ގޮވާލުންތައްވެސް ފެންނަމުން މިދަނީ ހަމަ އެފަދަ ގޮވާލުންތަކެއްގެ ގޮތުގައިކަން ގިނަބައަކު ފާހަގަކުރެއެވެ. 

އެހެންކަމުން މިއީ ޢަދާލަތު ޕާޓީގައި ތިއްބެވި ދީނީ ޢިލްމުވެރިން ވަރަށް ބޮޑަށް ވިސްނަވައި ދިރާސާ ކުރައްވަންޖެހިވަޑައިގެންފައިވާ ކަމެއްކަން ރައްޔިތުންގެ ގިނަ ބައަކު ފާހަގަކުރެއެވެ. އެކަންކަމަށް ވިސްނަވައި ޝައިޚް ޢަލީ ޒައިދު މިހާރު ވަނީ ގޮތް ނިންމަވައި އަދާލަތު ޕާޓީގެ ހަފޮޅުން ބޭރުވެވަޑައިގެންފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް