އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާޙިޝް ޢަމަލުތައް ހިންގައި ފަތުރާ ފަރާތްތަކާމެދު ސަމާލުވެ ފިޔަވަޅު އެޅުމަށް ޢަދާލަތުން މިގޮވާލީ ފިޔަވަޅު އަޅަން ސަރުކާރުން ހުރަސްއަޅާތީތޯ؟

ފާޙިޝް ޢަމަލުތައް ހިންގައި ފަތުރާ ފަރާތްތަކާމެދު ސަމާލުވެ ފިޔަވަޅު އެޅުމަށް ޢަދާލަތުން މިގޮވާލީ ފިޔަވަޅު އަޅަން ސަރުކާރުން ހުރަސްއަޅާތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ފާޙިޝް ޢަމަލުތައް ހިންގައި ފަތުރާ ފަރާތްތަކާމެދު ސަމާލުވެ ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ. ޢަދާލަތު ޕާޓީގެ ރައީސް އަކީ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ކަމަށްވާއިރު ފަިޔަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު ނާޅައި މިފަދަ ގޮވާލުމެއް މިގޮވައިލީ އެފަރާތްތަކަށް ފިޔަވަޅު އަޅަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހުރަސްއަޅާތީ ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ. 

މައްސަލަ އަވަހަށް ތަޙްޤީޤްކޮށް ދައުވާކުރަން ފޮނުވަންޖެހޭ ފުލުހުންގެ މުއައްސަސާގެ ބެލެނިވެރިކަން ހޯމް މިނިސްޓަރަށް އޮވެފައި އެކަން ކުރެވެމުންދާތަން ނުފެނި އަދާލަތުން މިފަދަ ބަޔާނެއް ނެރުމުން ރައްޔިތުންނަށް މިވަނީ ބޮޑެތި އޮޅުންތަކެއް އަރައިފައެވެ. 

ހަމައެއާއެކު އުފެދޭ ސުވާލަކީ ތިމާއަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް ބަޔާނެއް ނެރުނީމާ ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވެވުނީތޯއެވެ؟ 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް