އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދާއި ޝެއިހް އިމްރާނަކީ ޕާޓީގެ ރައީސުން ކަމުގައި އީސީން ނިންމައިފި

ރައީސް ނަޝީދާއި ޝެއިހް އިމްރާނަކީ ޕާޓީގެ ރައީސުން ކަމުގައި އީސީން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ޕާޓީގެ ރައީސްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފިއެވެ.

 

އީސީން ބުނެފައިވަނީ މިއަދު އޮތް އިލެކްޝަނު މެމްބަރުންގެ ބައްދަލުވުމުގައި ރައީސް ނަޝީދާއި ޝެއިހް އިމްރާނަކީ އެމްޑީޕީއާއި އަދާލަތު ޕާޓީގެ ރައީސުންގެ ގޮތުގައި ބަލައިގަންނަން ނިންމީ ޕެރޯލް ގާނޫނުގެ ދަށުން އެ ދެ ބޭފުޅުންގެ މަގާމުން ސަސްޕެންޑް ކުރެވުނު ނަމަވެސް، އެދެ ބޭފުޅުން މިވަގުތު ޖަލު ބަންދުން ސަލާމަތްވެފައިވާތީ ކަމަށެވެ. 

 

ސުޕްރީމް ކޯޓުގެ އަމުރާ އެކު، މައްސަލަ ރިވިއުކޮށް، އެއާ މެދު ގޮތެއް ނިމެންދެން އެ ދެ ބޭފުޅުން ވަނީ މިނިވަންވެފަ އެވެ.

 

ޖަލުތަކާއި ޕެރޯލް ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު