އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމް ޖޭޕީ އާ ގުޅިވަޑައިގެންފި - އަޅުގަނޑުގެ ވެސް ޖޭޕީގެ ވެސް މަޤްޞަދަކީ އިންތިޚާބީ ސަރުކާރަށް އެއްބާރުލުން ދީ ދެމެހެއްއްޓުން: ނާޒިމް

ކާނަލް ނާޒިމް ޖޭޕީ އާ ގުޅިވަޑައިގެންފި - އަޅުގަނޑުގެ ވެސް ޖޭޕީގެ ވެސް މަޤްޞަދަކީ އިންތިޚާބީ ސަރުކާރަށް އެއްބާރުލުން ދީ ދެމެހެއްއްޓުން: ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

 

ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު ކާނަލް ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތް ސަބަބުތަކުގެތެރޭގައި ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކުގެ ހަރުދަނާ ކަމާއި ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމާއި އަދި އެމަނިކުފާނުގެ ވެސް ޖޭޕީގެ ވެސް އަމާޒަކީ އިންތިޚާބީ ރައީސް އަށް ހުރިހާ ގޮތަކުން އެއްބާރުލުންދީ އިންތިޚާބީ ރައީސްގެ ވެރިކަން ދެހެއްޓުންކަން ހިމެނޭ ކަމަށެވެ.

 

ނާޒިމް ވދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްއަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކު ކަމަށާއި އެފަދަ ބޭފުޅެއްގެ ފަހަތްޕުޅުގައި ސިޔާސީ މަސައްކަތްޕުޅުތައް ފެށްޓެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާފުޅު ކުރައްވާ ކަމަށެވެ. "އަޅުގަނޑުމެން ދެކެމުންމިދާ ޑިމޮކްރަސީގެ ޙަޤީޤީ ބާނީއަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް. އެހެންވީމާ އެމަނިކުފާނުގެ ބެއްލެވުމުގެދަށުން ހިނގަމުންދާ ޕާޓީއަކީ ވަރަށް އުޖާލާ މުސްތަޤްބަލެއް އޮތް ޕާޓީއެއް ކަމަށް އަޅުގަނޑު ދެކެނީ."

 

ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ ވަރަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ޕާޓީތަކެއް ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ވޯޓުދިނީ އެމަގުން ކުރިއަށް ދިއުމަށް ކަމަށެވެ. "މިޕާޓީ އާއި ވަރަށް ގިނަ ޒުވާނުން ވަރަށް އަވަހަށް ގުޅޭނެ. އަޅުގަނޑަށް ތާއީދުކުރާ ވަރަށް ގިނަ ބައަކުވެސް މިޕާޓީއާ ވަރަށް އަވަހަށް ގުޅޭނެ."

 

އިތުރު ތަފްޞީލް އަންނަނީ  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް