އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑު ހައްޔަރު ކުރި މައްސަލައިގެ ތަޙްޤީޤް ރައީސް ޔާމީން ފުރިހަމަ ނުކުރެއްވީ އެކަމުގަ ބައިވެރިވާތީ: ކާނަލް ނާޒިމް

އަޅުގަނޑު ހައްޔަރު ކުރި މައްސަލައިގެ ތަޙްޤީޤް ރައީސް ޔާމީން ފުރިހަމަ ނުކުރެއްވީ އެކަމުގަ ބައިވެރިވާތީ: ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް، ފުލުހުން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަތުމަކާއި ނުލައި ކަމަށްވާނަމަ، އެ މައްސަލައިގެ ތަޙްޤީޤް ފުރިހަމަކުރަން ފުލުހުންނަށް އަމުރު ނުކުރެއްވީ އެކަމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާތީ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެހެން ނޫން ނަމަ ނުކުރެއްވީ ކީއްވެ ކަމާއިމެދު ސުވާލު އުފައްދަވާ ކަމަށް ކުރީގެ ޑިފެންސް މިނސްޓަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

 

ކާނަލް ނާޒިމް މިރޭ ވެސް ވިދާޅުވީ "ތަރުޖަމާނު ކޮންމެ ވާހަކައެއްވެސް ދައްކަފާނެ" ކަމަށާއި ނަމަވެސް ސަރުކާރުގެ ކަންކަން ހިނގަމުންދާ ގޮތަށް ބައްލަވާއިރު ޑިފެންސް މިނިސްޓަރުގެ ގެއަށް ފުލުހުންނަށް ވަދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. އަދި ޖަލުން ބައްދަލުވެ އެރޭ ހިނގައިދިއަ ހުރިހާ ކަމެއް ހިނގައި ދިއައީ ރައީސް ޔާމީނަށް އެނގިވަޑައިގަތުމާއިއެކުގައި ކަމަށް އަދީބް ވިދާޅުވި ކަމަށެވެ.

 

ފިސްތޯލައިން 3 ޑީއެންއޭ ފެނި، އެއިގެ ތެރެއިން 1 ޑީއެންޢޭ އަދީބާއި ދިމާވެފައިވާއިރު އަނެއް 2 ޑީއެންއޭ އަދިވެސް ދިމާނުކުރެވި އޮތްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މިއަދާއި ހަމައަށްވެސް ތަޙްޤީޤް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. "ތަޙްޤީޤް ފުރިހަމަ ކުރަން ރައީސުލްޖުމްހޫރިއްޔާއަށް އަމުރު ކުރެއްވޭނެ. އެކަން ނުކުރެއްވުމަކީ މި މައްސަލައިގައި ރައީސް ޔާމީނު ބައިވެރިވެވަޑައިގަންނަވާކަން އަޅުގަނޑަށް ޤަބޫލުކުރެވޭ އެއް ސަބަބު. އަޅުގަނޑަކީ ރައީސް ޔާމީނުގެ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރު."

 

ނާޒިމް ވިދާޅުވީ "ގޮތް ނުއެނގޭ މަރުގެ މައްސަލަތަކުގެ ތަޙްޤީޤްތައް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވުމުން ރައީސް ޔާމީނު ފްރޭމް ކުރައްވައި ބަންދުކުރި މީހުންގެ މައްސަލަތައްވެސް ބައްލަވައި ދެއްވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. "އަޅުގަނޑު އެކަންޏެއް ނޫން. އެތައް ބަޔަކަށް ވަނީ ފްރޭމްކޮށްގެން އަނިޔާ ދީފަ. މިމައްސަލަ ތަކުގައި ބައިވެރިވި ފުލުހުން އިންޞާފުގެ ކުރިމައްޗަށް ގެންގޮސް ޙައްޤު އަދަބު ނުދީފި ނަމަ ދެން ކުރާ އަނިޔާ މާ ނުރައްކާތެރިވާނެ." ކަމަށް މިރޭ ވެސް ނާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް