އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް އާދަމް ނިޝާން މިނިވަންކުރަން ޝައިޚް އިމްރާން ކުރެއްވި މަސައްކަތްތައް ފޭލްވެއްޖެ!

ޝައިޚް އާދަމް ނިޝާން މިނިވަންކުރަން ޝައިޚް އިމްރާން ކުރެއްވި މަސައްކަތްތައް ފޭލްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

މިއަދުގެ ޚުޠުބާގައިވެއެވެ. 

"އާރާއި ބާރުހުރި މީހުންނާއި މަތީ މަޤާމުތަކުގެ ވެރިން އަނިޔާ ލިބެމުންދާ މީހުންގެ އަތުގައި ހިފައި އިންޞާފު ހޯދައިދޭން މަސައްކަތްކުރެވިދާނެއެވެ." 

ހަމަ އެއާއިއެކު މިއަދުގެ ޚުޠުބާގައިވެސް ވަނީ މުންކަރާތްތަކުން މީސްތަކުން ސަލާމަތްކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއްކަން ބަޔާންކޮށް އެކަންކުރަން ގޮވާލައިފައެވެ. 

ބައެއްގެ ތެރޭގައި މުންކަރާތްތައް ޢާންމުވެގެންވެއްޖެނަމަ އެބައެއްގެ މައްޗަށް ޢާންމުވެގެންފާއެއް ފޮނުއްވަވައިފާނެކަމާއި މުޖުތަމައުގެ އެންމެން އެކުގައި މުންކަރާތްތަކުން މުޖުތަމައު ސަލާމަތްކުރަންޖެހޭނެކަން ވެސް ވަނީ ޚުޠުބާގައި ބަޔާންކޮށްފައެވެ. 

(--وا ۘ وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ۚ وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ)

"--އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ ޢުޤޫބާތް ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ." (އަލްމާއިދާ: 2) 

މިއަދުގެ ޚުޠުބާގައި "އާރާއި ބާރުހުރި މީހުންނާއި މަތީ މަޤާމުތަކުގެ ވެރިން އަނިޔާ ލިބެމުންދާ މީހުންގެ އަތުގައި ހިފައި އިންޞާފު ހޯދައިދޭން މަސައްކަތްކުރެވިދާނެއެވެ." ކަމަށް އޮތް ބަހަކީ ސަރުކާރު ބައިވެރިގެން ބުދުދީނާއި ހިންދޫންގެ ކަލާނގެތަކާއި މީސްތަކުން ގުޅުވަން ހިންގަން އުޅުނު ޝިރުކުގެ ޢަމަލުހުއްޓުވަން ނުކުމެވަޑައިގެންނެވި 2 ޝައިޚުންގެ މައްޗަށް ޙައްޤު ނޫން ތުހުމަތުތައްކޮށް ކުރަމުންގެންދާ އަނިޔާއިން 2 ޝައިޚުން ސަލާމަތްކޮށް 2 ޝައިޚުންނާއި އަނިޔާލިބެމުންދާ އެންމެންނަށް އިންޞާފު ހޯދައިދިނުމަށް ރައީސް އިބްރާހީމް އަށް ކޮށްފައިވާ އިލްތިމާސެއްކަމަށް ބެލެވެއެވެ.

އަދި ޤަބޫލުކުރެވޭ ގޮތުގައި މިފަދަ އިލްތިމާސެއް ޚުޠުބާގައި މިކުރީ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އެކަމަށް ކުރެއްވި މަސައްކަތްތައް ފޭލްވުމުންނެވެ. އެކަމަށް ދަލީލުލިބެނީ ޤާނޫނުގައި ބުނާ މުއްދަތަށްވުރެވެސް އިތުރަށް ޤާނޫނުން ބޭރުން ޝައިޚް އާދަމް ނިޝާނަށް ބަންދުގެ މުއްދަތު ޖަހަން ކޯޓުގައި ފުލުހުން މަސައްކަތްކުރުމުންނެވެ.  

ޕީޖީގެ ޚާއްޞަ ހުއްދައެއް ނެތި 45 ދުވަހަށްވުރެ ގިނަދުވަހު ބަންދުގައި ނުބެހެއްޓޭނެއިރު ފުލުހުން އިއްޔެ ބުނީ އެކަމުގެ ހުއްދައަށް ޕީޖީގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެހުއްދަ އަދި ނުލިބޭކަމަށެވެ. ވީމާ ހުއްދައަކަށް އެދުމުން ހުއްދަ ނުލިބެނީސް ލިބޭނެ ކަމަށް ބަލައި މީހުން ބަންދުކުރަން ފުލުހުން އެދުމުން އެކަންވާނީ ވަރަށް ބޮޑު މައްސަލައަކަށް ކަމާއި ޝައިޚް އާދަމް ނިޝާން ކޮންމެ ގޮތަކުން ނަމަވެސް ބަންދުގައި ބަހައްޓަން މިސަރުކާރަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާނެކަން އެނގިގާކަމެއްކަމަށް ގިނަ ބައަކު ފާހަގަކުރެއެވެ. 

ޝައިޚް އާދަމް ނިޝާން މިނިވަންކުރައްވަން ޝައިޚް އިމްރާން ވަރަށް ބޮޑަށް މަސައްކަތްކުރެއްވިކަން ޝައިޚް އިމްރާންގެ ވަރަށް ގާތް ބޭފުޅުންގެ އަރިހުން މިއަދުނޫހަށް ވަނީ އެނގިފައެވެ. ނަމަވެސް މިހާރު ކޯޓުން 45 ދުވަސް ހަމަވާ ގޮތަށް މުއްދަތު ޖަހާފައިވާތީ އެ މަސައްކަތް އެވަނީ ފޭލްވެފައެވެ. ދުޢާއަކީ މިކަމުގައި ޢަދުލުވެރި ނިންމުމެއް ޕީޖީން ނިންމައިދިނުމުގެ ވިސްނުން ޕީޖީއަށް ދެއްވެވުމެވެ.

މިއަދުގެ ޚޫޠުބާ: 

https://islamicaffairs.gov.mv/wp-content/uploads/2022/08/khuthuba-5-Aug-2022-08032022142810.pdf

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
25%
ރަނގަޅު
0%
އޯކޭ
75%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް