އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން މަމްސް އެންޖީއޯގެ ބެކް ޓު ސްކޫލް ޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދީފި!

ދިރާގުން މަމްސް އެންޖީއޯގެ ބެކް ޓު ސްކޫލް ޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ދިރާގުންވަނީ މަމްސް އެންޖީއޯއިން ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް2022" ޕްރޮގްރާމްއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި ޕޮރޮގްރާމްގެ ދަށުން މަމްސް އެންޖީއޯއިން ދަނީ އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުންނެވެ. 

ދިރާގުން ބުނެފައިވަނީ މި ޕްރޮގްރާމްގެ ދަށުން މަމްސް އެންޖީއޯގެ ކެއާރ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ދީފައިވާކަމަށެވެ.

"ބެކް ޓު ސްކޫލް 2022" އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއިއެކު މިއަހަރު މަމްސް އެންޖީއޯއިން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖް ބަހާފައެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެންމެ އެހީތެރިކަން ބެނުންވެފައިވައި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މިގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.  

ދިރާގުން ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު