އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާ ދިނީ ވައްކަން ކުރުމަށާ ޖަރީމާ ހިންގުމަށް ތާއީދު ނުކުރުމުން: ކާނަލް ނާޒިމް

އަނިޔާ ދިނީ ވައްކަން ކުރުމަށާ ޖަރީމާ ހިންގުމަށް ތާއީދު ނުކުރުމުން: ކާނަލް ނާޒިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ރައީސް ޔާމީނު އެމަނިކުފާނަށް އަނިޔާ ދެއްވީ ވައްކަން ކުރުމަށާއި ޖަރީމާ ހިންގުމަށް ތާއީދު ނުކުރެއްވުމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

 

ކާނަލް ނާޒިމް މިރޭ ވިދާޅުވީ ރައީސް ޔާމީނަކީ ވިސްނުންފުޅުގައި މައްސަލަތަކެއް ހުންނަ ދެފަހަރު އެކައްޗެއް ވިދާޅުވުމުގައި އުނދަގޫފުޅުތަކެއް ހުންނަ ބޭފުޅެއްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. "އެއީ ގިނަ ބައަކު ލައްވައި ޖަރީމާ ހިންގުމާއި ވައްކަން ކުރުމާއި މިކަންކަމަކީ ޠަބީޢީ ސިފައެއްގެ ގޮތުގައި ރައީސް ޔާމީނުގެ ކިބައި ހުންނަ ކަންކަން. އަޅުގަނޑަކީ އެކަހަލަ ކަންކަމަށް ތާއީދުކުރާ މީހެއް ނޫން. އަޅުގަނޑު ލައްވައި ކުރުވަން ބޭނުންފުޅުވި ވަރަށް ގިނަ ކަންތައްތަކަށް ނޫނެކޭ ދަންނަވަން ޖެހުނު."

 

ކާނަލް ނާޒިމް ވިދާޅުވީ އެކަންކަމުގެ ތަފްޞީލަށް ވަޑައިގަންނަވަން އަދި ބޭނުންފުޅު ނޫން ކަމަށާއި މިފެށޭ ސަރުކާރުގައި އުފައްދާ ކޮމިޝަންތަކުން ކަންކަން ބެލުމުން ވަރަށް ގިނަ ކަންތައްތައް އެނގިގެންދާނެ ކަމަށެވެ. އަދި އެއިގެތެރޭގައި މަނީ ލޯންޑްރިންގ ފަދަ ކަންކަން ހިމެނޭ ކަމަށެވެ. "އެބާވަތުގެ ކަންކަމުގައި އަޅުގަނޑު ދަންނަވާފައި އޮންނާނީ ނޫނެކޭ. މިކަހަލަ ކަންތައްތަކުގައި ބައިވެރި ނުވަން ނިންމި ނިންމުން އެއީ އަޅުގަނޑާއިމެދު ގޯސްކޮށް ކަންތައް ކުރައްވަން ނިންމެވި އެއް ސަބަބުކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."

 

ކާނަލް ނާޒިމް ވިދާޅުވީ މިވަރުގެ ބޮޑު އަނިޔާއެއް ދެވިގެން މިދިއައީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިންމައިލުމަށް ކަމަށާއި ނަމަވެސް ﷲ ގެ އިރާދަފުޅުން އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިމިގެން ނުދާ ކަމަށެވެ. ޖުމްހޫރީ ޕާޓީ އާއިއެކު އަލުން ފެށުނީ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު