އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން 3 ވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް ބާއްވަނީ

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން 3 ވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން 3 ވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ބޭއްވުމަށް ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ.

2020 ވަނަ އަހަރު މި އިވެންޓް ބާއްވަން ނިންމި ނަމަވެސް ކޯވިޑް-19 ގެ ސަބަބުން އެ މުބާރާތް ވަނީ ފަސްކޮށްފައެވެ.

މި އިވެންޓް ލޯންޗުކުރުމަށް ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ޙާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭޑް ނާޔާ ޝަރީފް ވިދާޅުވީ "މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ ޓޯނަމަންޓްތަކުން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުވެ، ޅައުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން އެކުދިންނަށް އިނގިގެންދިއުން."

މި ހަރަކާތް އިފްތިތާހު ކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނައިޔާ ޝަރީފް ވިދާޅުވީ "މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޒުވާން ޢުމުރުން ފެށިގެން ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރާއިރު ސްކޫލް ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ޝައުޤުވެރިކަން އިތުރުކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން."

މި އަހަރު މި މުބާރާތް ކުރިއަށްދާނީ 17 ސެޕްޓެމްބަރ 2022 ގައި ހުޅުމާލޭ ފޭސް 2 ގައި އޮންނަ ސައިކްލިން ޓްރެކްގައެވެ. ހުރިހާ ސްކޫލް ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހިޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 8 ސެޕްޓެމްބަރ 2022 ގެ ނިޔަލަށެވެ. ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ފޯމު އެ ދަރިވަރުންނަށް ފޯރުކޮށްދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލްއަކުންނެވެ. އަދި މި ފޯމު ދިރާގާއި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާއިންވެސް ލިބޭނެއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ 10 އިވެންޓެއް ކުރިއަށްދާނެއެވެ.

11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް

13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)

13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)

15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)

15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)

17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)

17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން) 

19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)

19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)

3000 މީޓަރުގެ ޓީމް ޕާރސޫޓް

  1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު