އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭއެސްސީ މެމްބަރުކަމަށް ފާރިސް އާއި އަހުމަދު ރަޝީދުގެ ނަން މަޖިލީހަށް!

ޖޭއެސްސީ މެމްބަރުކަމަށް ފާރިސް އާއި އަހުމަދު ރަޝީދުގެ ނަން މަޖިލީހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތް ކަމަށް މަޖިލީހުން އިއްޔެ ފާސްކުރުމައި ގުޅިގެން، އެ މަގާމަށް ދެ މެމްބަރެއްގެ ނަން މިއަދު މަޖިލީހުގައި ހުށަހަޅައިފި އެވެ

އެގޮތުން ކޯލިޝަން އަދި ޕީޕީއެމްއިން ވެސް މެމްބަރަކު ނަމެއް ވަނީ ހުސައަޅަފައި އެވެ. ކޯލިޝަންގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ނަމެވެ.

ޕީޕީއެމްގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަމެވެ. ޖެއެސްސީގެ މެމްބަރު ކަމަށް މި ދެބޭފުޅުން ތެރޭން ބެފުޅަކު އައްޔަނު ކުރުމަށް ވޯޓަށް އެހުމަށް ހަމަޖެހި ވަނީ މިއަދު މެންދުރު ފަހު 1:30 ގައި ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފައި އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު އަގުލަބިއްޔަތު އޮތި ކޯލިޝަނަށެވެ.. އެހެން ކަމުން މި މަޤާމަށް ހޮވޭނެ ކަމަށް ބެލެވެނީ ފާރިޝް މައުމޫނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު