އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު
އަދުގެ ދުނީޔޭގައި އިސްލާމީ އުއްމަތް ބަލިކަށިވެ ނިކަމެތިވީ ހަޤީޤީ ސަބަބުތައް ދެނެގަނެ އެކަން ރަނގަޅުކުރުމަށް އަމާޒު ހިފަހައްޓައިގެން ހަރުދަނާ މަސައްކަތްތަކެއް އިޚްލާސްތެރިކަމާއެކު ކޮށްގެން މެނުވީ ނިކަމަތިކަމުން އަރައި ނުގަނެވޭނެއެވެ.
اللهم أعز الإسلام والمسلمين.
- މިއީ ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެފައިވާ ވަރަށް މާނަފުން ބަސްފުޅެކެވެ.
މުސްލިމުން ނިކަމެތިވަމުން މިދާ ސަބަބުތައް ވަރަށް ސާފުނޫންތޯއެވެ؟ ޝިރުކު ހުއްޓުވަން ނުކުތީމާ ވަގުތުން އިމަރޖެންސީ މަޖިލިސް އުފައްދައި އިމަރޖެންސީ އަޅައިގެން ކަންޔައްތަކެއް ނިންމައިފިއެވެ. އަންނަ އަހަރު ސިފައިން ބަރުހަތިޔާރާއެކު ނެރެ ޝިރުކުފަތުރާނީ ރައީސް އިބްރާހީމްގެ ނިންމެވުމަކަށް ނޫނެވެ. އެ މަޖިލީހުގެ ނިންމުމަށެވެ. މަންޒަރު ކިހައި ރީތިތޯއެވެ؟
މިވެރިކަމަށްވުރެ ﷲ ތަޢާލާއަށް ގޮމންޖެހުމާއި ފުރައްސާރަކުރުމާއި މުރުތައްދުވުމާއި ﷲ ގެ ޙުކުމްފުޅުތައް މުގުރުން ގިނަ ސަރުކާރެއް ރާއްޖޭގެ ތާރީޚޫގައިވެސް ވެރިކަންކުރިކަން އެނގޭކަށް ނެތެވެ. މިކަންކަން ކުރާ އެއްވެސް މީހަކަށް ފިޔތަވަޅުއަޅާނެ މަޖިލީހެއް ރައީސް އިބްރާހީމް އުފެއްދެވިކަމެއް ނުއެނގެއެވެ. އެއީ އެމަޖިލީހަކުން ކުރާ އެއްވެސް ކަމެއް ނުފެންނާތީއެވެ. އެންމެ ފަހުން މިބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެފުޅުގެ ހަރިންމައަށް ޤަޟާޙާޖަތްކުރި މީހާ އެކަން އެކުރީ އިސްލާމް ދީނުގެ ޙުރުމަތާއި ކަރާމަތަށާއި އަދި މުސްލިމް ދިވެހިންގެ ބޮލަށް ޤަޟާޙާޖަތް ކުރިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ދެއްކުމަށެވެ. އޭނާގެ މިޝަން ވަރަށް ކާމިޔާބެވެ. އިސްލާމް ދީނުގެ ޙުރުމަތާއި މުސްލިމް ދިވެހިންގެ ބޮލަށް ޤަޟާޙާޖާތްކޮށްފައި އޭނާ އެހެރީ ހަމަޖެހިލައިގެން އޭނާ މަސައްކަްތކުރާ ރިޒޯޓުގެ ވަޒީފާގައެވެ.
ދެން އޮތީ މިކަންކަން ތަންފީޒުކުރަން ޙަވާލުވެ އޮތް އޭޕީ ވާހަކައެވެ. ފުލުހުން ތިބީ އެޕާޓީގެ ރައީސް ޝައިޚް އިމްރާންގެ ބެލުމުގެ ދަށުގައެވެ. އެމީހާއަށް ސަލާމަތްކަން ދީ ދޫކޮށްލުވީ ފުލުހުންނެވެ. މިއީ މިފަދަ ފުރަތަމަ މައްސަލައެއް ނޫނުނެވެ. މިފަދަ ބޮޑެތި އެތައް ޖަރީމާތަކެއް ފުލުހުން ވަނީ މީގެ ކުރިންވެސް ހިންގައިފައެވެ.
ވީމާ ޝައިޚް ފާހަގަކުރައްވާފައިވާ މުހިންމު މައްސަލަ ދިރާސާކުރަން އޭޕީން އިން އަދި ރާއްޖޭގެ ހުރިހާ ޢިލްމުވެރިން ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެވިގެންވެއެވެ.
އަދުގެ ދުނީޔޭގައި އިސްލާމީ އުއްމަތް ބަލިކަށިވެ ނިކަމެތިވީ ހަޤީޤީ ސަބަބުތައް ދެނެގަނެ އެކަން ރަނގަޅުކުރުމަށް އަމާޒު ހިފަހައްޓައިގެން ހަރުދަނާ މަސައްކަތްތަކެއް އިޚްލާސްތެރިކަމާއެކު ކޮށްގެން މެނުވީ ނިކަމަތިކަމުން އަރައި ނުގަނެވޭނެއެވެ.
— Mohamed Shifan (@abu_auyun) September 22, 2022
اللهم أعز الإسلام والمسلمين.
Advertisement
22 ސެޕްޓެމްބަރ 2022