އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު

ދިރާގައި ބައިކް މޯލްޑިވެސް ގުޅިގެން ބޭއްވި މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

32 ސްކޫލުން 1000 އަށްވުރެ ގިނަ ދުއްވުންތެރިން ބައިވެރިވި މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 16 އިން 17 ސެޕްޓްންބަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ސައިކްލިން ޓްރެކްގައެވެ.

ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ "އަޅުގަނޑުމެންގެ އުންމީދަކީ މި އިވެންޓުގެ ސަބަބުން ބައިސްކަލު ދުއްވުމަކީ ސްކޫލް ކުދިންގެ މެދުގައި މަޤްބޫލް ހަރަކާތަކަށްވުން. އަދި މިއީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ކުރެވޭނެ ކަމެއް ނޫންކަމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި ތިމާވެށި ހިމާޔަތް ކުރުމަށްވެސް ކުރެވޭނެ ފައިދާކުރުވަނިވި ކަމެއްކަން." 

"ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން މި އިވެންޓަށް ލިބުނު އެއްބާރުލުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން އުންމީދު ކުރަނީ މިކަމުގެ ސަބަބުން ރާއްޖޭގައި ވާދަވެރި ދުއްވުންތެރިންތަކެއް އުފެދި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ކަމަށް. މިގޮތުން ރާއްޖޭގައި ބައިސްކަލް ދުއްވުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން ކެނޑިނޭޅި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރަން،" ބައިކް މޯލްޑިވްސްގެ ރައީސް ޒުލައިޚާ ހަސަން ދީދީ ވިދާޅުވިއެވެ.

އިނާމު ދިނުމުގެ ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީ، ޑރ. އަބްދުﷲ ނަސީރެވެ. މި ހަފްލާގައި ވަނީ ކޮންމެ ވާދަވެރި ކެޓަގަރީއަކުން  އެންމެ މޮޅު ތިން އަންހެން އަދި ފިރިހެން ދުއްވުންތެރިންނާއި ކޮންމެ މިކްސްޑް ޓީމް ޕާސުޓް އުމުރުފުރާއަކުންވެސް އެންމެ މޮޅު ތިން ޓީމް ހޮވާފައެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވިއެވެ.

·        13 އަހަރުން ދަށުގެ ފިރިހެން - އިސްކަންދަރު ސްކޫލް

·        13 އަހަރުން ދަށުގެ އަންހެން - ކަލާފާނު ސްކޫލް

·        15 އަހަރުން ދަށުގެ ފިރިހެން - ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް

·        15 އަހަރުން ދަށުގެ އަންހެން - ގާޒީ ސްކޫލް

·        17 އަހަރުން ދަށުގެ ފިރިހެން - ހިރިޔާ ސްކޫލް

·        17 އަހަރުން ދަށުގެ އަންހެން - ހިރިޔާ ސްކޫލް

·        19 އަހަރުން ދަށް – ސެންޓރ ފޯ ހަޔާރ ސެކަންޑަރީ އެޑިއުކޭޝަން 

މިއަހަރުގެ ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ 100 އިންސައްތަ ގްރީން އެނަރޖީ އިވެންޓެވެ. މި ހަރަކާތުގައި ބޭނުންކުރެވުނު ކަރަންޓު ނެގިފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވަރ ސްޓޭޝަންތަކަކުންނެވެ.

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު