އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔެއަށް ހަމަޖެހުމާ އަމާންކަން ބޭނުން ނަމަ އޮތް ހަމައެކަނި ޙައްލަކީ އިސްލާމީ ޝަރީޢާ ޤާއިމު ކުރުން!: ޝައިޚް ޖަމީލް އަލް ބިޒާ

ދުނިޔެއަށް ހަމަޖެހުމާ އަމާންކަން ބޭނުން ނަމަ އޮތް ހަމައެކަނި ޙައްލަކީ އިސްލާމީ ޝަރީޢާ ޤާއިމު ކުރުން!: ޝައިޚް ޖަމީލް އަލް ބިޒާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

އިސްލާމީ ޝަރީޢަތަކީ މުޖުތަމައުގައި ހަމަޖެހުން ޤާއިމުކުރުމުގެ އެންމެ ބޮޑު އަސާސްއެވެ. މީސްތަކުގެ އެންމެހައި ޙައްޤުތައް ރައްކައުތެރިކުރުމަށް އޮތް މަގެވެ. އިސްލާމީ ޝަރީޢާ ޤާއިމުކުރެވޭނަމަ ރައްކައުތެރިކަން ނުލިބިގެން އުޅެން ހަމަ އެކަކަށްވެސް ނުޖެހޭނެއެވެ.  

އެހެނީ މީހަކު މަރައިފިނަމަ އެކަންކުރި ޤާތިލަށް (އިސްލާމީ ޝަރީޢާގައިވާ ހަމަތަކުގެ މަތީން) މަރުގެ އަދަބުދީފިނަމަ އިތުރު މީހަކު މަރަން އޭނާއަށް ދުނިޔެއަކު ނުހުރެވޭނެއެވެ. އޭނާއަށް ޖެހޭނީ މަރުވާށެވެ! އިސްލާމީ ޝަރީޢާގައި ކުށްކުރުމުން އަދަބުދިނުމުގައި އެއްވެސް މީހަކަށް އެއްވެސް ތަފާތުކުރުމެއް ނެތެވެ. ކުށްކޮށްފިނަމަ ޖެހޭނީ އަދަބުލިބިގަންނާށެވެ!  

އެއްވެސް ކުށަކާއި ގުޅިގެން ﷲ ތަޢާލާ ޙުކުމްފުޅު ބާވައިލައްވަވާފައިވާނަމަ އޮތީ އެޙުކުމްފުޅު ތަންފީޒްކުރުމެވެ. އެއަށް އަމިއްލައަށް ބަދަލު ގެނެސް ލުއިދިނުމެއް ނެތެވެ. އެއީ އެއްވެސް މީހަކަށް އިޚްތިޔާރުލިބިގެންވާ ކަމެއް ނޫނެވެ. އެންމެ ބޮޑު ހިތާމައަކީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޒްކުރަން މުސްލިމް ވެރިން ނުކުޅެދި ފަސްޖެހިފައިވާ ކަމެވެ. އަހަރެން ވާހަކަ މިދައްކަނީ އެމީހުންނަށެވެ!  

ނިޔުޒީލަންޑްގައި ބަޑިޖަހައި އެއް ފަހަރާ 51 މުސްލިމުން ޝަހީދުކޮށްލި ޤާތިލް އެހެރީ ހަމަ އަރާމުގައެވެ. މީރުތަކެތި ކައިގެންނެވެ. ބަލިވުމުން ބޭސްފަރުވާވެސް ކުރެވެއެވެ. އުނިވާ ކަމެއް ނެތެވެ! އޭނާ ޝަހީދުކުރި 51 މީހުންގެ ޙައްޤުތައް ކޮބައިހެއްޔެވެ؟

އޭނާ އެކަން އެކުރީ އެކަންކުރި ނަމަވެސް އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބި އުފަލުގައި ދުނިޔޭގައި އުޅެވޭނެކަން އެނގޭތީއެވެ. އިސްލާމީ ޝަރީޢާ ޤާއިމުކުރާނަމަ އޭނާ އެކަން ކުރާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާގެ ފުރާނަ އާއިމެދު ވިސްނާނެއެވެ! ޖެހިލުންވާނެއެވެ.  

ވައްކަން ކުރަނީވެސް އަތްނުކަނޑާތީއެވެ! ފާހިޝް ޢަމަލުތައް ކުރަނީ ވެސް ޙައްދުތައް ޤާއިމުނުކުރާތީއެވެ.  

- ޝައިޚް ޖަމީލް އަލް ބިޒާ 

 

ކުރި ޙުކުމާއި ގުޅުންހުރި ލިޔުމެއް!:

 

Advertisement

ކޮމެންޓް ކުރެއްވުމަށް