އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޚްލޫފް ވިދާޅުވަނީ އިއްޔެ މަޖިލީހުގަ ދެއްކެވި ވާހަކަ ރައްޔިތުންނަށް އޮޅިގެން އުޅޭކަމަށް!

މަޚްލޫފް ވިދާޅުވަނީ އިއްޔެ މަޖިލީހުގަ ދެއްކެވި ވާހަކަ ރައްޔިތުންނަށް އޮޅިގެން އުޅޭކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

"އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން. އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް.  އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށްއެދި އެކަން ޔަގީންކޮށްދެން."

- އަޙްމަދު މަޚްލޫފް 

މަޖިލީހުގައި މިނިސްޓަރު މަޚްލޫފް އިއްޔެ ކުރެއްވި ވަކާލާތަށް މިހާރު މަޚްލޫފް އެވިދާޅުވަނީ އަޑުއެހި މީހުންނަށް އޮޅުން އަރައިގެން އުޅޭ ކަމަށެވެ. ދިވެހިބަހުން ދައްކާ ވާހަކަ ދިވެހިންނަށް މިހާބޮޑަށް އޮޅޭކަމަށް ހަދަން އުޅުނަސް އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. 

މި ލިޔުން ކިޔައިލީމާ، މަޖިލީހުގައި ދެއްކި މިވާހަކަތައް އަޑުއަހައިލީމާ އޮޅުންއަރާނީ ކޮން ދިވެއްސަކަކަށްކަމާއިމެދު ސުވާލުއުފެދެއެވެ.

" މަހުލޫފް ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އޭގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެެވެ.

އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށެވެ."

މިވާހަކައިން އޮޅުން އަރާ ސަބަބެއް އޮޅުން އަރައިގެން އުޅެނީ ކޮން ކަމެއްކަން މަޚްލޫފް ވިދާޅުވާނެ ނަމައެވެ. ރާއްޖޭގައި ކެސިނޯ ތަޢާރަފް ކުރަން ބޭނުންފުޅު ނުވާނަމަ، އެކަމަށް މަޝްވަރާކުރައްވަން ބޭނުންފުޅުނުވާނަމަ، މިވާހަކަ ދެއްކެވީ ކީއްކުރަންކަންވެސް ވިދާޅުވަން އެބަޖަހެއެވެ. 

ސަރުކާރުގެ ކުޅިވަރާއިބެހޭ ސިޔާސަތުގެ ތެރެއިން ޔޯގާ ދިވެހި ޤައުމީ ކަމަކަށް ހަދާފައިވާ ފަދައިން ޖުވާކުޅުންވެސް ޤައުމީ ކުޅިވަރަކަށް ހަދަން ޔޫތްމިނިސްޓްރީގެ އެޖެންޑާގައި ނެތްނަމަ މިވާހަކަ ޔޫތް މިނިސްޓަރު މަޖިލީހުގައި ދައްކަވަން ޖެހިވަޑައިގެންނެވި ސަބަބުވެސް ރައްޔިތުންނަށް އެބަ އެނގެން ޖެހެއެވެ. 

އަވަސް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރު: 

މުޖުތަމައުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރާއްޖޭގައި ކެސިނޯ ލައިސަންސް ނުދެނީ ކީއްވެތޯ މިނިސްޓަރު މަހުލޫފްއާ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު މަހުލޫފު ޖަވާބު ދެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކެސިނޯ ލައިސަންސް ރާއްޖޭގައި ދިނުމަކީ ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށާއި ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓުތަކަށް އެ ހިދުމަތް ނުދެވޭކަން މެންބަރުން ފާހަގަކުރައްވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އޭގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެެވެ.

އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށެވެ.

"ބަރާބަރަށް ރާވިއްކާ. އެހެން ހުރިހާ ސަކަރާތްތަކެއްވެސް އެތަންތާންގައި [ރިސޯޓްތަކުގައި] ޖަހާ" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކެސިނޯ ހިންގުމުގެ ހުއްދަދޭ ވުޒާރާއަކީ ޔޫތު މިނިސްޓްރީ ނޫން ކަމަށާއި ރިސޯޓުތައް ބެލުމުގެ ޒިންމާ އޮތް ވުޒާރާއަކުން އެކަމުގައި ވާހަކަދައްކާނެ ކަމަށެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ކެސިނޯ ހިންގުމުގެ ހުއްދަ ދިނުމަށް ޖާބިރު ގެންދަވަނީ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް