އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭޕްކުރި މީހުންނަށާ ރޭޕްކުރަން ހުއްދަ ދިން ޢާއިލާގެ މެންބަރުންނަށް ފިޔަވަޅު އަޅަން ޖެހޭ: މަޚްލޫފް

ރޭޕްކުރި މީހުންނަށާ ރޭޕްކުރަން ހުއްދަ ދިން ޢާއިލާގެ މެންބަރުންނަށް ފިޔަވަޅު އަޅަން ޖެހޭ: މަޚްލޫފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 21 ސިކުންތު

"ރޭޕްކުރި މީހުންނަށާ ރޭޕްކުރަން ހުއްދަ ދިން ޢާއިލާގެ މެންބަރުންނަށް ފިޔަވަޅު އަޅަން ޖެހޭ" ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. 

މަޚްލޫފް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ރ. މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުގައި 3 މީހަކާއި ކައިވެނިކުރިކަމާއި އަދި ބަލިވެއިން ކަމުގެ މައްސަލައެއް ކުރިމަތިވެފައިވާ ވަގުތެއްގައެވެ. 

ގިނަ ބައަކު އެދެމުން ދަނީ މިމައްސަލައިގައި ދައުލަތުން އަޅުއްވާ ފިޔަވަޅުތަކުިގެ ތެރެއިން 18 އަހަރު ނުވާ އަނހެން ކުދިން ކައިވެނިން ބޭރުން ދަރިން ހޯދާފައިވާ މައްސަލަތައްވެސް ބަލައި ކުށްވެރިވާ މީހުންނާއިމެދު ފިޔަވަޅު އަޅައި ދިނުމަށެވެ. ކޮންމެ އަހަރަކުހެން މިފަދަ މައްސަލަތައް ފެންމަތިވަމުން އަންނައިރު އެފަދަ ޢަމަލުތައް ކުރާ މީހުންނަށް ދައުވާ ކުރެވި ޤާނޫނުގައިވާ ގޮތުގެ މަތިން އަދަބު ދެވޭތަން ނުފެންނާތީ ކަންބޮޑުވާ ކަމަށެވެ. 

މިޒަމާނުގައި ޑީއެންއޭ ހެދެންހުރިއިރު ދަރިފުޅުގެ ބައްޕަ ނުހޯދެން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ޤަބޫލުނުކުރާ ކަމަށް ވެސް ގިނަ ބައަކު ބުނެއެވެ. "އިސްލާމީ ޝަރީޢަތަށް ބަލައިފިނަމަ ޒިނޭގެ ހައްދު ނުޖެހިދާނެ 4 ހެކިން ނެތުމުން ނޫނީ އެމީހަކު އެއްބަސްނުވުމުން. ނަމަވެސް ޑީއެންއޭއަށް ބަލައި ޤާނޫނީ އަދަބު ނުދެވޭނެ އެއްވެސް ހަމައެއް ނުވިސްނޭ" ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

ގިނަ ބައަކު އެންމެ ބޮޑަށް ފާހަގަކުރާ އެއް މައްސަލައަކީ ޤާނޫނުގައި ބުނާ އުމުރުގެ ކުޑަކުދިން ނަހަލާލަށް ވިހެއުމުން އެކަމާއި ކަންބޮޑުވެގެން އެއްވެސް މުއައްސަސާއަކުން އުޅޭތަން ނުފެނުމެވެ. ހަމަ އެއާއިއެކު "ބޯއިފްރެންޑް ގާލްފްރެންޑް" ކަމުގެ ގުޅުންތައް މަގުމަތީގައި ހިންގާއިރު އެކަން ހުއްޓުވަން ކުރަނީ ކޮންކމެއް ކަމާއިމެދުވެސް ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު